މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ފުރަބަންދުކޮށްފައި އޮތް އޮތުމަށް މަޝްހޫރު ބިލިއަނަރު އިލޯން މަސްކް ގޮން ޖައްސަވައިފި އެެވެ.

ރޮކެޓް ކުންފުނި ސްޕޭސް އެކްސް އަދި އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުނީގެ ސީއީއޯ ވަނީ ފުރަބަންދާ ގުޅިގެން އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެ ކުންފުނީގެ ހެޑްކުއާޓާސް، އެގައުމުގެ ޓެކްސަސް ނުވަތަ ނެވާޑާއަށް ބަދަލުކުރާނެކަމުގެ އިންޒާރުދީފަ އެެވެ. އަދި އެ މައްސަލަ ކޯޓަށް ވައްދައިފައި އޮއްވާ އެ ކުންފުނީގެ މަސައްކަތްވެސް ވަނީ ފަށައިފަ އެެވެ.

އިލޯން މަސްކް ވަނީ ކެލިފޯނިއާގެ ފުލުހުން އޭނާ ހައްޔަރުކުރިޔަސް ފަރުވާލެއް ނެތް ކަމަށް ވިދާޅުވެފައެެވެ.


އިލޯން މަސްކްގެ ހުޅުވަން ހުއްދަ ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްވެސް ކުރިން ވަނީ ތާއިދުކުރައްވައިފައެެވެ.

ދެކުނު އެފްރިކާއަށް އޮފަން އިލޯން މީގެ ކުރިންވެސް ވަނީ ކޮރޯނާއާ ގުޅިގެން އަޅާ ފިޔަވަޅުތަކަށް ފާޑުކިޔަމުންނެވެ. އޭނާ މިދިޔަ މާޗް މަހު ވިދާޅުވީ ކޮރޯނާއާ ގުޅިގެން މާ ބޮޑަށް ހާސްވެގެން މީހުން އުޅެނީ ކަަމަށާއި އަދި އޭޕްރީލް ފަހުކޮޅު އެމެރިކާއިން އެ ބަލި ނައްތަލެވެނޭ ކަަމަށެވެެ.

ނަމަވެސް އެމެރިކާގައި މިހާރު ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުވަ 1.3 މިލިއަން މީހުންނަށް ބަލިޖެހިފައިވާއިރު ބަލީގައި މީހުން ވަނީ މަރުވެފައެވެ.

ކޮރޯނާއާ ގުޅިގެން މީހުން ގޭގައި ތިބެން އެންގުމުން އިލޯން އެކަން ސިފަކުރެއްވީ "ފޭޝިސްޓް" އަމަލެއްގެ ގޮތުގައެެވެ. ފޭޝިޒަމްއަކީ އާންމުކޮށް ނާޒީން ޖަރުމަނުގައި ގެންގުޅުނު ހަރުކަށި އުސޫލުތަކަށް ނިސްބަތްކޮށް ބުނެ އުޅޭ ބުނުމެކެވެ.

ފުރަބަންދާ ދެކޮޅަށް އެމެރިކާގައި ކުރަމުންދިޔަ އިހުތިޖާޖުތަކަސް ހިތްވަރުދީ އޭނާ ވަނީ އެތަކެއް ޓުވީޓުތަކެއްވެސް މީގެ ކުރިން ކުރައްވައިފައެވެެ.

ފައިނޭންޝިއަލް ޓައިމްސް