މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު 13:30 އާއި 16:30 އާ ދެމެދު ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި އަތޮޅުތަކަށް އާންމުކޮށް 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާއި ދިރުން ބޭއޮފް ބެންގަލް ގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ މޫސުމީ ވިއްސާރަވެސް ކުރާ ދުވަސްވަރެވެ.

މޫސުން ގޯސްވާނެތީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއަށް ފުރަތަމަ ފަހަރަށް ވަނީ އޮރެންޖު އެލާޓުވެސް ނެރެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑިގައި 50 މޭލާ 60 މޭލާ ދެމެދަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މެޓުން ބުނީ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށެވެ.