17 May 2020, 12:31
ކޮވިޑް19އާ ގުޅިގެން ގޭބިސީތަކަށް ރީޑިން ނަގަން ދިއުމަކީ ރައްކާތެރި ކަމަކަށް ނުވާތީ މިދިޔަ މަހެކޭ ވެސް އެއްފަދައިން މި މަހު ވެސް މީޓަރުގެ ފޮޓޯއެއް ފޮނުވައިދިނުމަށް ސްޓެލްކޯއިން އެދިއްޖެ އެވެ.
މީޓަރުގެ ފޮޓޯ މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެކުންފުނީގެ ވެބްޕޯޓަލްއަށްފޮނުވައިދިނުމަށް ސްޓެލްކޯއިން އެދެ އެވެ. އަދި ފޮޓޯ ފޮނުވުމުގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް ބޭނުން ނުކޮށް، ހަމައެކަނި އެ ޕޯޓަލްއަށް ފޮޓޯ ފޮނުވުމަށް ވެސް އެދިފައިވެ އެވެ.
މި މަހުގެ ވެސް ރީޑިން ނަގަން ގޭބިސީތަކަށް ނުދިއުމަށް ނިންމީ ކޮވިޑް19ގެ ހާލަތު މާލެ ސަރަހައްދުގައި އިތުރަށް ގޯސްވެފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މި ހާލަތުގައި ބިލަށް ފައިސާ ދެއްކުމުގައި އެކުންފުނީގެ އެޕްލިކޭޝަން ނުވަތަވެބްސައިޓްފަދަ އޮންލައިން ގޮތްތައް ބޭނުން ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ.