17 May 2020, 09:51
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ވެކްސިނެއް ލިބުނަސް، ނުލިބުނަސް ގައުމު ހުޅުވާލާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެވެ.
އެމެރިކާގައި ކޮވިޑް ހަލުވިކަމާއެކު އަދިވެސް ބަލި ދަނީ ފެތުރެމުންދެއެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ ވެކްސިނަކާ ނުލާވެސް އާންމު ދިރިއުޅުމަށް ރުޖޫއަވާން ޖެހޭ ކަމަށެވެ.
" މިހާރުވެސް އެކި ވައިރަސްތަކާ ހުމާ އެއްޗެތި އުޅޭ ވެކްސިނެއް ނެތް. ހަމަ އެއާ ކުރިމަތިލައިގެން އުޅެނީ އެ ފަދަ ބަލިތައްވެސް މަޑުމަޑުން ދޭ. ލަފާކުރަނީ އަންނަ ހަރީފް މޫސުމަށް ސްކޫލްތައް ހުޅުވަން" ޓްރަމްޕް ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ވެކްސިނެއް އުފައްދަން މިހާރު ވަޏީ ބޮޑު ޕްރޮޖެކްޓެއްވެސް ފަައިފައެެވެ. "އޮޕަރޭޝަން ވޯޕް ސްޕީޑް"ގެ ނަމުން ނަން ދީފައިވާ އެ ޕްރޮޖެކްޓްގެ ދަށުން 14 ވެކްސިނެއް އުފައްދަން ދިރާސާކުރަން ވަނީ ނިންމައިފައެވެ.
ޓްރަމްޕް ވަނީ އެ ވެކްސިން ޕްރޮޖެކްޓް، ދެވަނަ ބޮޑު ހަނގުރާމަގައި ނިއުކުލިއާ ބޮން އުފައްދަން ކުރި "މެންހެޓަން ޕްރޮޖެކްޓް" އާއި އެއްފަދަ ކޮށްފައެވެ. އަދި މިއީ މެންހެޓަން ޕްރޮޖެކްޓަށްފަހު އެމެރިކާގައި ހިންގާނެ އެންމެ ބޮޑު ޕްރޮޖެކްޓްކަަމަށްވެސް ޓްރަމްޕް ވަނީ ފާހަގަކުރައްވައިފައެވެ.
އެ ޕްރޮޖެކްޓްގައި އިސްކޮށް އުޅުއްވަނީ ކުރިން މަޝްހޫރު ފާމަސޫޓިކަލް ކުންފުނި ވެކްސިން ޑިވިޝަން ހިންގެވި މޮންސެފް ސްލައޯއީއެވެ.
މިއަހަރު ތެރޭގައި ވެކްސިނެއް އުފައްދަން އަމާޒު ހިފާފައި ހުއްޓަސް އެ މުއްދަތުގެ ތެރޭގައި ވެކްސިނެއް އުފެެއްދިދާނެކަމާމެދު ތަޖުރިބާކާރުން ސުވާލުއުފައްދައެވެ.
މޮންސެފް ވިދާޅުވީ އެނާ މަގާމާ ހަވާލުވީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވެކްސިނެއް އުފެއްދޭނެކަމާމެދު ޔަގީންކަން އޮތުމުން ކަމަށެވެ. އަދި މިއަހަރު 100 އެއްހާ މިލިއަން ވެކްސިން ޑޯޒް ދެވޭނެކަމަށް އެނާ ވިދާޅުވިއެވެ.
ކޮރޯނާ ޖެހިފައިވާ 1.5 މިލިއަން މީހަކު އެމެރިކާއިން ފެނިފައިވާއިރު ބަލީގައި 90،000 އެއްހާ މީހުން ވަނީ މަރުވެފައެވެ.
ބީބީސީ