Last Updated: 6 year 6 month ago
ބުލޮގު ޚުލާސާ
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް
ލޮކްޑައުންއަށް ފަހު މާލެ ފިޔަވައި ތިން ރަށަކުން ކޭސް ފެނިފައިވޭ. އޭގެ ތެރެއިން ދެ ރަށަކުން ފެނުނު ކޭސްތަކަކީ ސީދާ މާލެއިން ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްތަކެއް. މިހާރު ވެސް މާލެއިން ރަށްރަށަށް މީހުން ދާ ދިއުމުގައި ބަލި ފެތުރުން އެކަށީގެންވޭ
ހޯމް ކަރަންޓީނަށް ލެވޭނީ އެކަމުގެ ޝަރުތު ފުރިހަމަވާ މީހުން. އެކަހެރިވެގެން ހުރެވޭ ފަދަ ގޮތެއް ގޭގައި ހުންނަ ނަމަ. ހޯމް ކަރަންޓީނަށް ލާއިރު ވަކި އިރުޝާދުތަކެއް ވެސް ދެން. އެމީހެއްގެ އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތާއި މީހުންނާ މުއާމަލާތް ކުރާއިރު އަމަލު ކުރަން ޖެހޭ ގޮތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަހައްޓަން ޖެހޭ ގޮތާ ބެހޭ މައުލޫމާތު
ލެބޯޓަރީ ޓެކްނީޝަނުންގެ މަސައްކަތަކީ ވަކި އިލްމެއް ލިބިގެން ވަކި ޓްރޭނިންއެއް ހައްދަވައިގެން. ވަކި ޕްރޮފެޝަންގެ މަސައްކަތެއް. އެއީ އެހެން ބޭފުޅުންނަށް ކުރެވޭނެ މަސައްކަތެއް ނޫން. އައިޖީއެމްއެޗް ލެބޯޓަރީގައި މިހާރު މަސައްކަތް ކުރަމުންދާ އެ ޓީމްގެ ކުރައްވާ ބުރަ މަސައްކަތް. އަޅުގަނޑުމެން ކޮންމެ ދުވަހަކު މިތާ އަރާ މި ކިޔަނީ 500 އެއްހާ ސާމްޕަލްގެ ނަތީޖާ ލިބިއްޖެއޭ. އަޅުގަނޑުމެންނަށްވެސް ނުބުނެވި އޮތް ވާހަކައަކީ އެކަން ކުރެވެނީ ރެއާ ދުވާލު 24 ގަޑި އިރު އެ ބޭފުޅުން ހުއްޓާ ނުލާ ކުރެވޭ މަސައްކަތްތަކުން. ހަމަ މިފަދަ މަސައްކަތް ކުރެވެމުން އެދަނީ ޕޮލިސް ލެބޯޓަރީގައިވެސް. ހުއްޓުމެއް ނެތި ކުރާ މަސައްކަތުން ލިބޭ ނަތީޖާގެ ވާހަކަ ދައްކާއިރު، މި މައްސަކަތުގެ ކަވިކަމާއެކު މިކަމުގެ އުދަނގޫކަން އަދި މީގެ ރިސްކް އަންދާޒާ ކުރަން އަޅުގަނޑުމެންވެސް ހަދާން ނެތޭ. އެކަމާ އަޅުގަނޑުމެންވެސް ދެރަވަން. އަދި ނިހާޔަތަށް ޝުކުރު އަދާ ކުރަން ބޭނުންވޭ އެ ބޭފުޅުންގެ މަސައްކަތައް. ކިތަންމެ މޮޅު މެޝިނެއް ހުއްޓަސް އެބޭފުޅުން ކުރާ މަސައްކަތާ ނުލާ ސާމްޕަލްގެ ނާތީޖާ އަޅުގަނޑުމެންނާ ހަމައަށް ނާންނާނެ. އެކަން އަޅުގަނޑުމެން ދެނެގަނެ އެކަމަށް ޝުކުރު އަދާކުރަން ޖެހޭ އަޅުގަނޑުވެސް ދަންނަން. އަދި ކުރިން ދެންނެވި ވާހަކައަށް ވަރަށް ބޮޑަށް މާފަށް އެދެން.