ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު ނުވަ މީހަކު ރަނގަޅުވެ، އެ ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 59 އަށް އަރައިފިއެވެ.

ކޮވިޑް ޖެހުނު އިތުރު 10 މީހަކު ރަނގަޅުވި ކަމަށް އެޗްޕީއޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1078 އަށް އަރާފައެވެ. އޭގެތެގޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައި ވަނީ ހަތަރު މީހެކެވެ.

ރާއްޖެއިން ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.