16 May 2020, 03:43
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 11 މީހަކު ފެނި، ބަލި ޖެހިފައިވާ މީހުންްގެ އަދަދު 1031 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފަހުން ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހީންނާއި، ބަންގަލަދޭޝްގެ ތިން މީހުން ކަމަށެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނ. މަނަދޫގެ ނުވަ މީހަކާއި، ކ. ހިންމަފުށީގައި ހުންނަ ރީހެބިލިޓޭޝަން ސެންޓަރުން ޕޮޒިޓިވްވި ތިން މީހަކު ހިމެނެއެވެ.
މީގެ އިތުރުން އައިޖީއެމްއެޗަށް ޑައިލިސިސް ހަދަން ދިޔަ މީހަކާއި، މާލޭގެ މިސްކިތެއްގެ އިމާމަކު ވެސް ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް19 ޖެހުމަށްފަހު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 46 އެވެ. އަދި ބަލި ޖެހިގެން ހަތަރު މީހަކު މަރުވެފައިވެއެވެ.