މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ތިން މީހަކު ބަލިން މުޅިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮވިޑް19 ޑޭޝްބޯޑުގައި ބުނެފައި ވަނީ މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 49 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.

ބަލިން ރަނގަޅުވި މީހުންގެ އަދަދު 49 އަކަށް އަރާފައި ވަނީ މިއަދު ބަލިން ރަނގަޅުވި ތިން މީހުންނާ އެކު އެވެ. ނަމަވެސް އެމީހުންގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މިހާތަނަށް ރާއްޖެއިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1020 އަށް އަރައިފަ އެވެ. އަދި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.