ސްޕެއިން އިން ދާން މަޖުބޫރު ވެއްޖެ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ، އާސެނަލް އަށް އެނބުރި ދިއުމަށް ލޯބިކުރާނެ ކަމުގައި ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފި އެވެ.

ބާސެލޯނާގެ ޒުވާން ޓީމަށް ކުޅުމަށް ފަހު، 2003 ވަނަ އަހަރު އާސެނަލް އާއި ގުޅި މޮޅު ކުޅުމެއް ދައްކާފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން، ޔޫރަޕު އަދި ސްޕެއިން ޗެމްޕިއަނުން ފެބްރިގާސް ގެންދިއުމަށް މަސައްކަތް ފަށައިގަތުމެވެ. އާސެނަލް އިން ވަކިވުމަށް ފަހު ފެބްރިގާސް ބާސެލޯނާ އާއި ގުޅުނީ މިސީޒަން ފެށުނުއިރު އެވެ.

"ބާސެލޯނާ ދޫކޮށް ދާން ޖެހިއްޖެނަމަ، އަހަރެން އެނބުރި އާސެނަލް އާއި ގުޅޭނަން. އާސެނަލް ދޫކޯށް ދިޔަ ދުވަހު 'ޝުކުރިއްޔާ' އޭ ނޫން ބަހެއް ނުބުނެވުނީމަ އަހަރެން ހިތާމައެއް ނުކުރަން. އެއީ އަހަރެންނަށް ބުނެވޭނެހާ ވެސް އެއްޗަކީ." ފެބްރިގާސް ބުންޏެވެ.

އަށްއަހަރުގެ މުއްދަތަކަށް އާސެނަލްއަށް ކުޅުމަށް އެނބުރި ބާސެލޯނާއަށް ދިޔަނަމަވެސް އާސެނަލްގެ ތާރީހުގައި ފެބްރިގާސްގެ ނަން ރަންއަކުރުން ފެވިގެންދާނެއެވެ. ފެބްރިގާސްވަނީ އާސެނަލްއަށް 303 މެޗް ކުޅެދީ 57 ލަނޑު ކާމިޔާބުކޮށްދީފައެވެ.