މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދާ ހިލާފަށް މަގުމަތީގައި އުޅުނު ދެ މީހަކާ ސުވާލު ކުރުމުން ފިލަން މަސައްކަތް ކުރުމުން ހައްޔަރު ކޮށްފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު މަޖީދީ މަގު ވީބީ މާޓް ކައިރީގަ އެވެ.

ފުލުހުން ބުނީ ނުކިޔަމަންތެރިކަން ދައްކައި ފިލަން އުޅުމުގެ ސަބަބުން ހައްޔަރު ކޮށްފައިވަނީ އުމުރުން 36 އަދި 38 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

މާލެއިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19ގެ ކޭސްއެއް ފެނުމާއެކު 24 ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދުކުރި އެވެ. އެފަހުން ޖެހިގެން އައި ދުވަހު ފުރަބަންދުގެ މުއްދަތު 14 ދުވަހަށް އިތުރުކުރި އެވެ. އަދި އިތުރު ތިން ފަހަރު މުއްދަތު އިތުރުކޮށް މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ވަނީ ދައްމާލާފަ އެވެ.

އެ މުއްދަތުގައި ގެއިން ބޭރަށް ނިކުމެވޭނީ ހަމައެކަނި ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.