ބަންގްލަދޭޝްގައި ރޮހިންގާ މީހުން ތިބި އެންމެ ބޮޑު ރެފިއުޖީ ކޭމްޕަކުން ކޮރޯނާ ވައިރަސް ފެނިއްޖެ އެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ އެ ރެފިއުޖީ ކޭމްޕްގައި ތިބި ދެ މީހުންގެ ގައިން ވަނީ ވައިރަސް ފެނިފަ އެވެ.

ވައިރަސް ފެނިފައި ވަނީ ރޮހިންގާ މީހުން ތިބި ބަންގަލަދޭޝްގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕްގަ އެެވެ. އެތަނުގައި މިލިއަނެއްހާ ރެފިއުޖީ ތިބެއެވެެ.

ބަންގަލަދޭޝްގެ އޮފިޝަލުން ބުނީ ބަލި ފެނުނު މީހުން މިހާރު އެކެހެރިކޮށްފައިވާ ކަމަށެވެެ. އަދި ޓެސްޓް ކުރުމަށްޓަކައި އިތުރު 1900 މީހުން ވެސް ވަނީ އެެކެހެރިކޮށްފަ އެވެ.

ބަންގްލަދޭޝްއާ އިންވެގެން އޮންނަ މިޔަންމާގައި ކުރިން ދިރިއުޅެމުން ދިޔަ ރޮހިންގާ މީހުން ބަންގްލަދޭޝްއަށް އައީ މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށެެވެ.

އެ ކޭމްޕްތަކުގައި ތިބި ރޮހިންގާ މީހުން މާޗް 14 އިން ފެށިގެން ތިބީ ލޮކްޑައުންގަ އެވެ.

އެހީދޭ އޭޖެންސީތަކުން ބުނީ އެ ކޭމްޕްތަކުގައި ދިރިއުޅޭ މީހުން އުޅެނީ ވަރަށް ކައިރިކައިރީގައި ކަމަށާއި އެމީހުންނަށް ރަނގަޅު ބޯފެން ވެސް ނުލިބޭ ކަމަށެވެެ.

"ރެފިއުޖީ ކޭމްޕްއިން ބަލި މިހާރު އެވަނީ ފެނިފައި. ބަލީ އެތަކެއް ސަތޭކަ ރެފިއުޖީން މަރުވުމުގެ ފުރުސަތު އެބައޮތް." ބަންގްލަދޭޝްގެ ސޭވް ދަ ޗިލްރަންސް ހެލްތު ޑިރެކްޓަރު ޑރ. ޝާމިން ޖަހާން ވިދާޅުވި އެވެ.

ބީބީސީ