Last Updated: 6 year 6 month ago
ބުލޮގު ޚުލާސާ
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް
ބިދޭސިންގެ މައްސަލައަކީ އިއްޔެ މިއަދަކުވީ ކަމެއް ނޫން. ރާއްޖެ އައިސް ތިބި ވަރަށް ގިނަ ބިދޭސީންނަކީ ލިޔެކިޔުންތައް ނެތް މީހުން. އެމީހުން ތިބިތަނެއްވެސް އުޅޭ ގޮތެއްވެސް އަޅުގަނޑުމެންނަށް މުޅިން ކަށަވަރެއް ނޫން. އިކޮނޮމިކް މިނިސްޓްރީގެ ރެގިލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން އޭގެން ބަޔަކު އަޅުގަނޑުމެން ވަނީ ފާހަގަ ކުރެވިފައި. އެ މީހުން ފޮނުވާލަން އެކި ގޮތްގޮތުން ފިޔަވަޅުއެބަ އެޅޭ، ބައެއް މީހުން އެބަ ފޮނުވާލެވޭ އެމީހުންގެ ގައުމަށް. އެ މީހުންް ގެނައި މީހުން ވެސް ރާއްޖޭގައި ތިބޭނެ. ހިއުމަން ޓްރެފިކަކީ ރާއްޖޭގައި ވަރަށް ކުރިން ފެށިގެން ވެސް ކުރަމުން އައި ކަމެއް. އެކަމާ ހެދި ބަންގަލްދޭޝް ބޭފުޅުންނަށް އެދަތިދިމާވެފައި އެތިބީ. ބައެއް މީހުންނަކީ ކުންފުންޏާއެކު މަސައްކަތްކުރުމަށްފަހު ވަކި ހިސާބަކުން އެކުންފުނިތައް ދޫކޮށް، ވީނުވީ ތަނެއް ނޭނެގި އެމީހުން އަމިއްލައަށް މަސައްކަތް ކުރަމުންދާ މީހުން. މީގެ ކޮންބައެއްތޯ ޒިންމާވަނީ ހޯދުމަކީ މިހިނގާ ކަންކަތަކުގެ ތެރެއިން ފަސޭހައިން ކުރެވޭނެ ކަމެއް ނޫން. މި ހާލަތު މިއޮތީ އައިސްފައި. އައި އިރު އެމީހުން ތިބި ތަންތަން މިހާރު އޮތީ އައިޑެންޓިފައިވެފައި. މިވަގުތު ކާކުތޯ މިކަމުގައި ޒިންމާ ނަގާނީ ބެލުމަށް ދިގު ޕޮރޮސެސްއެއް ހިންގުމުގެ ވަގުތެއް އޮތް ކަމަަކަށް ނުވާތީ، ފުރަތަމަ މިވަގުތައް، އަދި ސާޖަކާ ދިމާލަށްދާއިރު، އަދި ކާރިސާގެ މިވަގުތު ކުރަން ޖެހޭ ހުރިހާ މަސައްކަތެއްކޮށް ނިންމުން ވިސްނުމަކީ. އޭގެ ފަހުން މިފަދަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭނެ. އެކަން ކުރަންވެސް ކުރާނެ
މިއީ ސިޔާއީ ކަމެއް ނޫން. ސިޔާސީ ސްކޯބޯޑަކުން ނޫން ސަރުކާރުން މަސައްކަތް ކުރަނީ. މިވަގުތު އެންމެ ބޮޑު މަސައްކަތެއް މި ކުރަނީ ސާޖަށް ތައްޔާރުވުމަށް. ސްޓްރެޓެކް އޭރިއާ ޓީމްތަކެއް ހެދިގެން ކޮން ކަމެއްތޯ ކުރެވޭނީ. ދެވަނަ އަށް ކުރެވޭ މަސައްކަތަކީ، ރާއްޖޭގެ އިގްތިސާދު އާރާސްތުކުރުމަށް އެނަލައިސް ކުރުން. ލޮކްޑައުން ހަލާތުން އަރައިގަނެވޭ އިރު އިގްތިސާދު ބިނާ ކުރެވޭނެ ކަންކަން ރޭވުން.
އަދި ސާޖް އޮތީ އަންނަން. ކުރިން އަންދާޒާ ކުރި ޑިއުރޭޝަން އަދި ނުނިނމޭ. ފެންނަ ނަންބަރަކުން އަދި ރިލެކްސް ވެވޭކަށް ނެތް. ލޮކްޑައުންއަކީ ސާޖް އެންމެ ބޮޑަށް ތިރިކޮށްލެވޭނެ އެއް ފިޔަވަޅު. ލޮކްޑައުންއާ އެކު މީހުންގެ ދިރިއުޅުން ވެސް އެ ގޮތަށް ހޭނެމުން ވެސް އެބަދޭ. އެހެންވެ އެ ސާޖް އަދި ނުފެންނަނީ ކަމަށް ވެދާނެ. ދެން ބެލެވެނީ ސާޖެއް އަޔަސް އަންނާނީ ވަރަށް ކުޑަ ސާޖެއް ކަމަށް.
ޓެސްތް ކުރެވޭ އަދަދު މަދުވިޔަސް، ސާޖެއް އައިސްފި ނަމަ އެނގޭނެ. ސާޖެއް އައިސްފި ނަމަ ފުލޫ ކްލިނިކަށް ދާ މީހުންނާއި ސާރީ ކޭސްތައް (އެޑްމިޓް ކުރެވޭ މީހުން) އިތުރުވާނެ.