15 May 2020, 10:25
ހޮލީވުޑްގެ ކާމިޔާބު އެކްޓަރު މެޓް ޑޭމަންގެ އަންހެން ދަރިފުޅު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.
ނިއުޔޯކުގައި އޭނާގެ އަންހެން ދަރިފުޅު އެލެކްސިއާ ދިރިއުޅޭ އެޕާޓްމަންޓުގައި އޭނާއާއެކު ދިރިއުޅޭ ރޫމްމޭޓުންނަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ. މެޓް ބުނީ އެލެކްސިއާއަށް ކޮވިޑް ޖެހުނު ނަމަވެސް އޭނާގެ ބަލި ހާލަތު ސްޓޭބަލް ކަމަށާއި ބައްޔަށް ފަރުވާދިނުމުން މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށެވެ.
އެލެކްސިއާ ނިއުޔޯކުގައި ހުރިއިރު މެޓް ހުރީ އަޔަލޭންޑުގައި ފިލްމުގެ ޝޫޓިންނެއް ކުރަން ގޮއްސަ އެވެ. މެޓް ބުނީ މި މަހު ފަހުކޮޅު ހިސާބު އޭނާ އެލެކްސިއާ ކައިރިއަށް ނިއުޔޯކަށް ދާނެ ކަމަށެވެ.