14 May 2020, 20:53
އިންޑިއާއިން ސްރީ ލަންކާއަށް އަލަށް އައްޔަނުކުރެއްވި ހައި ކޮމިޝަނާ ގޯޕާލް ބާގްލޭގެ ސަފީރުކަމުގެ ފަތްކޮޅު، ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާއަށް އޮންލައިންކޮށް އަރުއްވައިފި އެވެ.
އޮންލައިންކޮށް ބޭއްވެވި ރަސްމިއްޔާތެއްގައި، ރައީސް ގޮޓަބަޔާ ވަނީ އަލަށް އައްޔަނުކުރައްވާފައިވާ ހައި ކޮމިޝަނާއަށް މަރުހަބާ ދަންނަވާފައެވެ.
އެ ރަސްމިއްޔާތުގައި ހައި ކޮމިޝަނާ ވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތަށް ތައުރީފުކުރައްވާފައެވެ. އަދި އެ ރަސްމިއްޔާތަކީ "އިނޮވޭޓިވް" ރަސްމިއްޔާތެއް ކަމަށް އޭނަ ފާހަގަކުރައްވާފައިވެއެވެ.
"އަޅުގަނޑުމެންގެ ގައުމުގެ ލީޑާޝިޕް އިން ވަރަށް ބޮޑަށް ބާރުއަޅާ ޓެކްނޮލިޖީގެ އެހީގައި ދަތިތަކަށް ހައްލެއް ހޯދުމަށް،" އޭނާ ވިދާޅުވިއެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ހިދުމަތްތައް ފޯރުކޮށްދިނުން އޮންލައިންކުރުމަށް މަސައްކަތްކުރާއިރު އެ ހިދުމަތްތައް އިނޮވޭޓިވް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ގޯޕާލް އަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގައި ކުރީން ސްޕޯކްސްޕާސަންގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޕާކިސްތާނު، އަފްޣާނިސްތާނު އަދި އީރާނުގެ ޖޮއިންޓް ސެކްރެޓަރީގައިވެސް އޭނާ ވަނީ މީގެކުރީން މަސައްކަތް ކުރައްވާފައެވެ.