ކޮރޯނާ ވައިރަހާ ގުޅިގެން ފްރާންސްގައި މާސްކު އެޅުން މަޖުބޫރު ނަމަވެސް މުސްލިމުން މޫނު ބުރުގާ އެޅުން އަދި ވެސް މަނާވާނެކަމަށް އެގައުމުން ބުނެފި އެެވެ.

ފްރާންސުން ބުނީ މޫނު ބުރުގާ އަޅާނަމަ އަދި ވެސް އަދަބު ދޭނެ ކަމަށެެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އެކްޒެކިއުޓިވް ޑިރެކްޓަރު ކެނެތު ރޮތު ވިދާޅުވީ މުސްލިމުންނާ މެދު ފްރާންސުން ޖައްސާލައިގެން އުޅޭ އުޅުން މިހާރު ވަރަށް ސާފުކޮށް ފެންނަ ކަމަށެވެެ.

ފްރާންސުން ބުނީ މޫނު ބުރުގާ އެޅުން މަނާ ކުރަނީ ނޫން ކަމަށާއި އެހެންނަމަވެސް ކާކުކަން ނޭނގޭ ގޮތަށް ޕަބްލިކްގެ ތެރޭގައި އުޅުން މަނާ ކުރަނީ ކަމަށެެވެ. އަދި ކޮވިޑްގެ ބަލި މަޑުކަމުގެ ތެރޭގައި ވެސް މީހުން ޗެކްކުރާއިރު މާސްކް ނަގަން އަންގާނެ ކަމަށް ބުންޏެވެ.

މޫނު ބުރުގާ އަޅައިގެން އުޅޭ ނަމަ 150 ޔޫރޯއިން ޖޫރިމަނާކުރާއިރު ފްރާންސްގެ ރައްޔިތުކަމާ ގުޅޭ ގޮތުން ނަގައިދޭ ކްލާހެއްގައި ވެސް ބައިވެރިވާން ޖެހެ އެވެ.

ފްރާންސްގައި މޫނު ބުރުގާ އެޅުން މަނާކުރީ 2004 ވަނަ އަހަރުއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު އާންމު ދަތުރު ފަތުރުކުރުމުގައާއި ސްކޫލްތަކުގައި މާސްކް އަޅަން ޖެެހެ އެެވެ.

ފްރާންސްއިން މިހާތަނަށް ކޮރޯނާ ޖެހިފައިވާ 177،000 މީހުންނަށްވުރެ ގިނަ މީހުން ފެނިފައިވާއިރު ބަލީގައި 26،300 މީހުން ވަނީ މަރުވެފަ އެެވެ.