25 Dec 2011, 14:39
ނޮވެލްޓީގެ ފަރާތުން މި އަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޭއްވި ނޮވެލްޓީ ބުކްޝޮޕް، ފޮތް ސީޒަން ތެރެއިން ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ލަކީޑްރޯގެ ގުރުއަތުލުން ބާއްވައި ނޮވެލްޓީގެ ފަރާތުން މި އަހަރަށް ހުށައަޅާފައިވާ 50،000ރ.ގެ ޔަމަހާ މިއޯ ސޯލް ސައިކަލް ހދ. ކުރިނބީ އާފަލުގޭ، ހަސަން ޝިޔާހް އަށް ލިބިއްޖެ އެވެ.
ނޮވެލްޓީ ބުކްޝޮޕްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާން މިއަދު ވިދާޅުވީ، ހދ. އަތޮޅު ތަޢުލީމީ މަރުކަޒްގައި ހުންނަ އެ އަތޮޅު ރިސޯސް ސެންޓަރުގައި ޑިސެމްބަރު އެކަކުން 20 އަށް ކުރިއަށް ގެންދިޔަ އެ ލަކީޑްރޯގެ ގުރުއަތުލުން ބާއްވާފައި ވަނީ އިއްޔެ މެންދުރު ހދ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ ގޯތި ތެރޭގައި ކަމަށާއި ނޮވެލްޓީގެ ފަރާތުން އިނާމް ހަވާލުކޮށްދެއްވީ ނޮވެލްޓީ ބުކޮޝޮޕްގެ ޝޮޕް މެނޭޖަރު މުހައްމަދު ފައިސަލް ކަމަށެވެ.
ޝިފާން ވިދާޅުވީ ނޮވެލްޓީން އަބަދު ވެސް މަސައްކަތްކުރަނީ ނޮވެލްޓީ ބުކްޝޮޕްގެ ތީމް "ކުއަލިޓީ، ސޭލްސް، ޑިއުރަބިލިޓީ"އާ އެއްގޮތަށް ކަމަށާއި އެގޮތުގެ މަތިން މިއަހަރު ދެ ރަށެއްގައި ލަކީޑްރޯ ބޭއްވި ކަމުގައި ވީނަމަވެސް ނަތީޖާ އަށް ބަލާފައި މަސައްކަތް ފުޅާ ކުރާނެ ކަމަށެވެ.
"އަޅުނގަޑުމެން މަސައްކަތް ކުރާނީ އަބަދު ވެސް އަޅުނގަޑުމެންގެ ތީމް އާއި އެއްގޮތަށް އަދި މިއަހަރުގެ ނަތީޖާ އަށް ބަލާފައި މިއަންނަ އަހަރު ރަނގަޅު ކުރާނަން." ޝިފާން ވިދާޅުވި އެވެ.
ނޮވެލްޓީން ބުކްޝޮޕްއިން މިދިޔަ އަހަރު އިނާމަކަށް ހުށައަޅާފައި ވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެކެވެ.