14 May 2020, 09:39
ހަށިގަނޑުގެ ދިފާއީ ބާރުގަދަކޮށް ވައިރަސްތައް ނައްތާލާކަމަށް ބުނެ އިޝްތިހާރުކުރި ޕްރޮޑަކްޓްގެ އިޝްތިހާުތައް މަނާކޮށްފި އެވެ.
ޗަކްލިން ގޯޓް ލިމިޓެޑްއިން ވަނީ އެކުންފުނިން ނެެރެމުންދާ "ގަޓް ހެލްތު" ޕްރޮޑަކްޓްތަކުން ބަލި ތަކަށް ޝިފާ ލިބޭ މޭރުމުން އިޝްތިހާރުކޮށްފަ އެވެ.
އެ ކުންފުނިން އިނގިރޭސިވިލާތުގެ ޔޯކްޝަޔާއާއި ރެޑިންގްގައި މިދިޔަ އޭޕްރީލްމަހު ބަސްތަކުގައި ހަރުކޮށްފައި ހުރި އިޝްތިހާރުތަކެއްގައި ވަނީ ހުމާއި ވައިރަސްތަކުން ރައްކާތެރިވެދޭނެކަމަށް ބުނެ އެ ކުންފުނީގެ ޕްރޮޑަކްޓައް އިޝްތިހާރުކޮށްފަ އެވެ.
ނަމަވެސް މިހާރު އެ އިޝްތިހާރުތައް އެކުންފިނިން ވަނީ ނަގައިފަ އެެވެ.
"ވައިރަސްއާ ދެކޮޅަށް އޮތް އެންމެ ރަނގަޅު އައްޑަނައަކީ ކޮބާ؟ ދިފާއީ ނިޒާމް ވަރުގަދަކުރަންވީ" މިފަދަ ވާހަކަތައް އިޝްތިހާރު ތަކުގައި ގެނެސްދީފައިވެ އެވެ.
އެޑްވަޓައިޒިން ސްޓޭންޑާސް އޮތޯރިޓީއިން ބުނީ އެ އިޝްތިހާތުތައް ގެެނެސްދީފައި އޮތް ގޮތުން، ހާއްސަކޮށް ވައިރަސްއާއި ހުމުގެ ވާހަަކަ ގެނެސްދީފައިވާ ގޮތުން، ވައިރަސްއާ ހުމުން ސަލާމަތްވާ އެތަކެތިކަމަށް މީހުންނަށް ހީވެދާނެ ކަމަށެވެ.
އެޑްވަޓައިޒިން ސްޓޭންޑާސް އޮތޯރިޓީއިންބުނީ އެ މައްސަލައިގައި ތިން ފަރާތުަކުން ޝަކުވާ ހުށަހަޅާފއިވާ ކަަމަށާއި އެހެންކަމުން އެކަމާމެދު އަވަސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު އެބަލިން ރައްކާތެރިކަމާއެކު ސަލާމަތްވާނެކަމަށް ބުނެ ގިނަ ބަޔަކު ތަފާތު ގޮތްނޭނގޭ އެއްޗެތި އިޝަތިހާރުކުރަމުންދެއެވެ
މުޅި ދުނިޔެއިން ،މިހާތަނަށް ހަތަރު މިލިއަން މީހުންނަށް ކޮރޯނާ ބަލިޖެހިފައިވާއިރު ތިން ލައްކައެއްހާ މީހުންވަނީ ބަލީގައި މަރުވެފައެވެ.
ބީބީސީ