މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ޖެހި އިނގިރޭވިލާތުން މިހާތަނަށް، ސިއްހީ ދާއިރާގައި މަސައްކަތްކުރާ 275 މީހުން މަރުވެފައިވާ ކަމަށް ބޮޑު ވަޒީރު ބޯރިސް ޖޯންސަަން ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރެމުންދާއިރު ކޮންމެ ދުވަހަކު ވެސް އެތައް ޕޮޒިޓިވް ކޭސްތަކެއް ދަނީ ފެންނަމުންވެ.

ބޮޑު ވަޒީރު ބޯރިސް ޖޯންސަން ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފާރާތްތަކުގެ ތެރެއިން 275 މީހަކު މަރުވެފައިވާ ކަމަށެވެ. އޭގެތެރެއިން 144 މީހުންނަކީ ހެލްތު ކެއާ ވޯކަރުން ކަމަށާއި 131 މީހުންނަކީ ސޯޝަލް ވޯކަރުން ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ފެތުރެމުންދާވަރު ކޮންޓްރޯލުކުރުމަށް ޓަކައި ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)ގެ އިތުރުން ސަރުކާރު އިތުރު މުއައްސަސާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިނގިރޭސިވިލާތުން އެ ވައިރަސްއަށް 230،000 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު 40،000 އާ ގާތްވެފަ އެވެ. މިއީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާ އެއް ގައުމެވެ.

އެގައުމުން ވައިރަސް ޖެހި ރަނގަޅު ވެފައިވާ މީހުންގެ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.