Last Updated:
6 year 6 month ago

އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަން އެއްބާރުލުމެއް ނުލިބޭ: ޑރ. އަފްޒަލް

    ބުލޮގު ޚުލާސާ

    ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    22:59

    މަދުމަދުން ޝޮޕިންއަށް ދިޔުމުގެ ބަދަލުގައި އެއްފަހަރާ ގޮސް ހަފްތާއަކަށްވާ ވަރަށް ތަކެތި ގަތުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވި

    22:56

    ވިޔަފާރިކުރާއިރު މާސްކު އަޅައިގެން އުޅުމަށާއި އަދި ޚާއްސަކޮށް ގަންނަ ތަކެތީގެ މުއްދަތު ހަމަވާ ތާރީޚް ބެލުމަށް ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސް ކުރައްވައިފި

    ޑރ. އަފްޒަލް ވިދާޅުވީ ވަކިން ޚާއްސަކޮށް ކުކުޅު އަދި މަހުގެ އެކި ބާވަތްތައް ގަންނައިރު މުއްދަތު ހަމަވެފައިވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް

    22:54

    އާބާދީ ތެރޭގައި ކޮވިޑްގެ ނުރައްކާ އެންމެ ބޮޑީ ކޮން ބަޔަކަށްކަން އެނގޭނީ ރެންޑަމް ސާމްޕަލް ނެގިގެން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި

    22:49

    އެންމެ ގިނައިން ޕޮޒިޓިވްވަމުން އަންނަނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރު ފުރާގެ މީހުން ކަމަށާއި އެކަން އެހެން ވަނީ އެ އުމުރު ފުރާތަކުގެ މީހުންނަކީ ގިނައިން މަގުމައްޗަށް ނުކުމެ ހެލިފެލިވެ އުޅޭ މީހުން ކަމުގައިވާތީ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި

    22:47

    ބޮޑު ކްލާސްޓާތަކުން ޕޮޒިޓިވްވާ މިންވަރު އިތުރުވަމުންދާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި

    ޑރ. އިބްރާހިމް އަފްޒަލް

    ޕޮޒިޓިވް ކޭސްތައް މަދުވަނީ ޓެސްޓު ކުރުން މަދުވެގެން ނޫން. ކުރިން ވެސް ޓެސްޓް ކުރާ ވަރަށް ކޮންމެ ދުވަހަކު ވެސް ޓެސްޓް ކުރެވެމުންދޭ
    ޑރ. އިބްރާހިމް އަފްޒަލް

    އަލަށް ފެންނަ ކްލާސްޓާތަކަކީ ނިސްބަތުން ކުޑަ ކުލާސްޓާތަކެއް. އަޅުގަނޑުމެންނަކަށް އާ މޭޖާ ކްލާސްޓާއެއް ނުފެނޭ. ކުރީގަ ހުރި ކްލާސްޓާތަކަށް އިތުރަށް ފެންނަ ކޭސްތައް ވެސް ވަދެގެންދޭ
    22:37

    ރޭ 12 އިން މިހާތަނަށް ފެނިފައި ވަނީ 40 ކޭސް. އިއްޔެ 12 ޖެހުމާ ހަމައަށް ފެނިފައި ވަނީ 26 ކޭސް

    މުހައްމަދު މަބްރޫކް އަޒީޒް

    ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ 7 މީހަކާ ގުޅޭނެ ގޮތް ނުވެގެން އެޗްޕީއޭގެ ފަރާތުން އެ މައުލޫމާތު ހިއްސާކޮށްފައިވޭ. މި 7 މީހުންގެ ތެރެއިން 4 މީހުންނަކީ ކޮންޓެއިމެންޓް ސައިޓްތަކުގައި އުޅެމުން ދިޔަ މީހުން. އަދި ބާކީ ތިން މީހުންނަކީ އެހެން ތަފާތު އެޑްރެސްތަކުގައި އުޅެމުން ދިޔަ މީހުން. އެޗްޕީއޭގެ ފަރާތުން މިކަން ޕޮލިހަށް އެންގުމާއެކީގަ އެބޭފުޅުން މިހާތަނަށް 4 މީހަކު ވަނީ ހޯދާފައި. އަދި ތިން މީހަކު ނުފެނި ތިބި ކަމަށް ފުލުހުން މައުލޫމާތުދޭ
    22:21

    އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމުގައި އެއްބާރުލުން ނުލިބޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި

    22:17

    ކޮވިޑް ޖެހިފައިވާ 7 ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެތެރެއިން 4 މީހަކު ފެނިއްޖެ. ބާކީ ތިބި ތިން ބިދޭސީން ދަނީ ހޯދަމުން

    22:11

    އިތުރު 51 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ. މިއާ އެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 955 އަށް އަރާފައި

    22:05

    ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 8 މީހަކު ރަނގަޅުވެއްޖެ. މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 40 އަށް އަރާފައި