އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ރިވަޑޭލް"ގެ ފަސްވަނަ ސީޒަނެއް އަންނާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ޖުމްލަ ހަތަރު ސީޒަނެއް މިހާރު ގެނެސްދީފައިވާ ރިވަޑޭލްގެ ފަސް ވަނަ ސީޒަން ފަށާނީ ޕްރޮމް ނައިޓަކުން ކަމަށާއި އެ ސީޒަނުގައި ގްރެޖުއޭޝަން އެޕިސޯޑެއްވެސް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޓޯނީ ޓޮޕާޒްގެ ބެކް ސްޓޯރީވެސް މި ސީޒަނުން ފެނިގެންދާނެއެވެ.

ރިވަޑޭލްގެ މުހިއްމު ދެތަރިން ކަމަށްވާ ޖަގްހެޑްގެ ބައްޕަ އެފްޕީ ޖޯންސް އަދި ވެރޮނިކާގެ މަންމަ ހާމަނީ ލޮޖް ރިވަޑޭލްގެ ފަސްވަނަ ސީޒަނުން ނުފެންނާނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ޓީވީ ލައިން އަށް ދިން ސްޓޭޓްމަންޓެއްގައި ޖޯންސް ބުނީ ރިވަޑޭލްގެ ސެޓުން ލިބުނު އެކުވެރިން މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށާއި މި ސީރީޒުން ފުރުސަތެއް ލިބުމުން ފަހުރުވެރިވާކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ރިވަޑޭލްގެ ފަސްވަނަ ސީޒަންގެ ޝޫޓިން އަދި ފެށިފައިނުވި ނަމަވެސް ރިވަޑޭލްގެ ފަސް ވަނަ ސީޒަން އަންނަ އަހަރުތެރޭ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އައީ 2017 ވަނަ އަހަރުގައެވެ.