Last Updated:
6 year 7 month ago

ޓްރީޓޮޕަށް ދިޔަ މީހަކު ޕޮޒިޓިވް ނުވޭ، ރަނގަޅު ގޮތަކީ އެޗްއައިއެޗްގައި ހުރި މީހެއް ޓްރީޓޮޕަށް ގެންދިޔައީ: މަބްރޫކް

    ބުލޮގު ޚުލާސާ

    ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    23:07

    ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ޕޮޒިޓިވްވީ ކަމަށް ބުނުމަށްފަހު އެއީ ރަނގަޅު ނޫން މައުލޫމާތެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި.

    އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ އަކީ ހުޅުލޭ އައިލެންޑް ހޮޓެއްލަގައި އެކަހެރިކޮށްފައި ހުރި ޕޮޒިޓިވް މީހެއް ކަމަށް

    22:56

    ޓެސްޓު ކުރުން އިތުރު ނުކުރެވިއްޖެނަމަ މި މަހު އަންނާނެ ކަމަށް ލަފާކުރި ސާޖް އަޔަސް ނޭނގޭނެ

    22:45

    މާލެއިން ރަށްރަށަށް ގެންދާ މުދާ ޓާސްކް ފޯހުން ވެސް އަދި ފަރުދުން އަމިއްލައަށް ވެސް ޑިސްއިންފެކްޓު ކުރަން ޖެހޭނެ

    22:45

    ބޮޑެތި ސަޕްލައި ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި އެންމެ ބޮޑު އިސްކަމެއް ދެނީ ޑިސްއިންފެކްޝަނަށް

    22:26

    މިހާރު ހުރި މެޝިނަރީތަކުން ސާމްޕަލް ނަގަނީ ވަރަށް މެނުއަލްކޮށް. އަލަށް ގެންނަ މެޝިނަރީތައް ގެނައުމުން ޓެސްޓު ކުރުމުގެ ކެޕޭސިޓީ 1000އަށް އިތުރު ކުރެވޭނެ

    22:26

    އެމްއެންޑީއެފްއިން ޕޮޒިޓިވްވި 40 މީހުން ނިސްބަތްވަނީ އެއް ކްލަސްޓާއަކަށް ނޫން

    22:24

    ބަނދަރު ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރަން ވަކި ގަޑިތަކެއް ކަނޑައަޅައިގެން ބޯޓުފަހަރަށް މާލެއަށް އާދެވޭ ގޮތެއް ހަދާނެ

    22:23

    މިހާތަނަށް 200 ވަރަކަށް ރެންޑަމް ސާމްޕަލް ވަނީ ނެގިފައި

    22:19

    އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަވެއިލަންސް މިހާރު ވަނީ ފަށާފައި. މީގެ ބޭނުމަކީ ހައި ރިސްކު ގްރޫޕުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުން

    22:14

    އެހެން ސަބަބަކާ ހުރެ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ވަނީ ޕޮޒިޓިވްވެފައި

    22:08

    މިދުވަސްކޮޅަކީ މަދުމަދުން ކޭސްތައް ފެންނަ ދުވަސްކޮޅެއް

    22:07

    މިހާތަނަށް ހެދުނު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 5740 މީހުން ވަނީ ފާހަގަކުރެވިފައި

    22:05

    އިތުރު ދިވެއްސަކު ކޮވިޑް-19 އިން ރަނގަޅުވެއްޖެ