ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކާ ހިލާފުވި ނައިޖީރިއާގެ ދެ ހޮޓަލެއް ތަޅާލައިފިއެެވެ.

ނައިޖީރިއާގެ ދެކުނުގެ ރިވާސ ސްޓޭޓްގެ ގަވަރުނަރު ނިޔުސޮމް ވައިކް ވަނީ އެ ހޮޓާ ތަޅާލާތަން ސުޕަވައިޒް ކުރައްވައިފައެވެެ. އޭނާ ވިދާޅުވީ ތަޅާލި ދެ ހޮޓަލުގައިވެސް މީހުން ބައިތިއްބާ ކަަމަށެެވެ.

އޭނާ ވިދާޅުވީ އެ ސްޓޭޓްގެ އެކި ހޮޓާތަކުގައި ކޮރޯނާ ޖެހޭ މީހުންވެސް ބައިތިއްބައިވާ ކަމަށެވެ. ނަމަވެސް ތަޅާލި ދެ ހޮޓަލުގައި މީހުން ތިއްބާ ކަމެއް ވިދާޅެއް ނުވެއެެވެ.

އެ ދެ ހޮޓަލުގެ މެނޭޖަރުންވެސް ހައްޔަރުކޮށްފައިވާއިރު، ޕްރޮޑެސްޓް ހޯމް ހޮޓަލުގެ މެނޭޖަރު ވިދާޅުވީ އެ ހޮޓާ އޮޕަރޭޓްނުކުރާ ކަމަށެވެ.

" ހޮޓަލުގެ 70 ޕަސެންޓް ސްޓާފުން ވަނީ ފޮނުވާލައިފައި. އެންމެ ތިން މީހުން ތިބީ. އޮފިޥަލިން އައިސް އެދުނީ ރިޝްވަތު ދޭން. ލާރި ދީފިނަމަ ހޮޓާ ހިންގޭނެ ކަމަށް ބުނި. އެކަމަކު ހޮޓާ އޮޕަރޭޓްކުރާތީ ނެތް ފައިސާއެއް ދޭކަށް " ހޮޓަލްގެ އޯނަރު ބީބީސީއަށް ވިދާޅުވިއެވެ.

ރިވާ ސްޓޭޓްގެ ސަރުކާރުން ވަނީ ރިޝްވަތުގެ ތުހުމަތުތައް ދޮގުކޮށްފައެެވެ.

ހޮޓަލް ތަޅާލި މައްސަލައިގައި ގަވަރުނަރުގެ މައްޗަށް ކޯޓަށް މައްސަލަ ހުށަހަޅާނެކަމަށް ވަނީ ބުނެފައެެވެ.

ލޮކްޑައުންއާ ހިލާފުވެ ދުއްވި ވެހިކަލްތަކެއްވެސް ނީލަން ކިޔުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެެ.

ކޮރޯނާ ޖެހިފައިވާ 4000 އަށްވުރެ ގިނަ މީހުން ނައިޖީރިއާއިން ވަނީ ފެނިފައެވެެ. ގިނަ ކޭސްތައް ފެނިފައިވަނީ އެގައުމުގެ ކޮމާޝިއަލް ކެޕިޓަލް ކޭގޯސްއިންއެެވެ.