މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ 580 ޓަނުގެ ކާބޯތަކެއްޗާއެކު އިންޑިއާގެ މަނަވަރު ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން އިން މިއަދު ބުނެފައިވަނީ އިންޑިއާއިން ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެއްޗާއެކު، އައިއެންއެސް ކޭސަރީ ދާދި ދެންމެއަކު މާލޭ ޕޯޓަށް އަތުވެއްޖެ ކަމަށެވެ.

މިއަދު ރާއްޖެއަށް ގެނެސްފައިވާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ:

  • 200 ޓަނުގެ ހަނޑޫ

  • 140 ޓަނުގެ ގޮދަން ފުށް
  • 90 ޓަނުގެ ހަކުރު
  • 120 ޓަނުގެ ރީނދޫ މުގު
  • 26 ޓަނުގެ ފިޔާ
  • 14 ޓަނުގެ އަލުވި

އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ.

އެގޮތުން މިޝަން ސާގަރްގެ ފުރަތަމަ ދަތުރު ރާއްޖެއަށް ކޮށްފައިވާއިރު، ރާއްޖެއަށް މުދާ ބޭލުމަށްފަހު ރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެ ކަމަށް އެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް އެ ހައިކޮމިޝަނުން ބުނެއެވެ.