12 May 2020, 09:06
ކޮރޯނާވައިރަސްއާ ގުޅިގެން ނިއުޒީލެންޑްއިން އިއުލާންކުރި ކުއްލި ހާލަތަށްފަހު، މި ހަފްތާއިން ފެށިގެން އެގައުމު މަޑުމަޑުން ހުޅުވާލަން ނިންމައިފި އެވެ.
މުޅި ނިއުޒީލެންޑް ލޮކްޑައުންއަކަށް ދިޔައީ މިދިޔަ މާޗް މަހު 25ގަ އެެވެ.
ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންދާ އާޑަން ވިދާޅުވީ އެގައުމުގެ އެލާޓް ލެެވެލް 2 އަކަށް ދަށް ކުރުމަށް މިހާރު ނިންމާފައިވާ ކަމަަށެވެ.
އެއާއެކު ނިއުޒީލެންޑްގެ ފިހާރަތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ޖިމްތަކާާ ކުޅޭތަންތަން ހުޅުވާލާނެ އެެވެ. އަދި 10 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް އާއިލާ އާއި ރައްޓެހިންނަށް އެއްވެ އުޅެވޭނެ އެެވެ. އެހެން ނަމަވެސް އެކި ވިޔަފާރިތަކުގައި މަސައްކަތް ކުރާ މީހުން އަދިވެސް ތިބެން ޖެހޭނީ އެކަކު އަނެކަކާ ދުރުގަ އެވެެ.
އަލަށް ކެފޭތަކާާއި ރެސްޓޯރެންޓްތައް ހުޅުވާއިރު ކޮންމެ މޭޒެއްގައި މަދުވެގެން ތިބެވޭނީ 10 މީހުންނަށެވެ.
މިމަހުގެ 18 އިން ފެށިގެން ނިއުޒީލެންޑްގެ ސްކޫލްތައްވެސް ހުޅުވުމަށް މިހާރު ވަނީ ނިންމައިފަ އެވެެ.
އޭގެ އިތުރުން އެތެރޭގެ އުދުހުންތަކާއި ހިދުމަތް ދިނުމުގެ ދާއިރާތައްވެސް މިހަފްތާ ހުޅުވާލާނެ އެވެ.
އެހެން ނަމަވެސް ބާތައް އަދިވެސް އެއް ހަފްތާއަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.
ބޮޑުވަޒީރު ޖަސިންދާ ވިދާޅުވީ މިވަގުތު ނިއުޒީލެންޑްގައި 90 މީހަކު ކޮރޯނާއަށް ފަރުވާ ދެމުންދާ ކަމަށާއި އަދި އޭގެ ތެރެއިން ތިން މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިތިބި ކަމަށެވެެ.
ބަލި ކޮންޓްރޯލް ކުރެވުމާއެކު މިއީ ގައުމު ހުޅުވާލަންވީ ވަގުތުކަމަށް އެކަމަނާ ވިދާޅުވި އެެވެ.
އެެހެެން ނަމަވެސް ބަލި ފެތުރުުން ހުއްޓުވަން މަސައްކަތްކުރުން ވަރަށް މުހިންމުކަމަށް އޭނާ ވިދާޅުވި އެވެެ.
ނިއުޒީލެންޑްގެ 1000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނުއިރު ބަލީގައި 21 މީހުން ވަނީ މަރުވެފަ އެވެ. -- އޭބީސީ އޮސްޓްރޭލިއާ