ރާއްޖެ "ނިއު ނޯމަލް" އަކަށް ދިޔުމުން އަމަލު ކުރާނެ އުސޫލުތައް އެކުލަވާލަން ފަށައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިިންގެެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އެ އުސޫލުގައި އެކި ދާއިރާތަކުން ހިމަނާނެ ކަންތައް ބަލަމުންދާ ކަމަށެވެ.

"ކީ އޭރިއާސް ތައް ފާހަގަ ވެފައި އޮތީ، މިވަގުތު މަސައްކަތް ކުރަމުންދަނީ އޭރިއާ އަކަށް ނަގަންޖެހޭ އެކްޝަންތައް ލިޔެކިޔުމުން އެންފޯސް ކުުމަށް ކުރުމަށް ކުރަންޖެހޭ ކަންތައް،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެ އުސޫލު ލިޔެ ފުލް ޑްރާފްޓެއް ހެދުނީމަ އާންމު ކުރާނެ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ނިއުނޯމަލް ގައި އަމަލު ކުރާނެ އެސްއޯޕީތައް އެކުލަވާލާ އެކި ކަންތައްތަކާ ގުޅޭގޮތުން އަމަލު ކުރާނެ ސްޕެސިފިކް އިންސްޓްރަކްޝަންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ އުސޫލު ފައިނަލައިޒް ވެގެން އާންމު ކުރާއިރު، އާންމުން ކަންކުރަންވީ ގޮތްތައް ވަކިވަކިން ލިޔެވިފައި އޮންނާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އަށް ބޭހެއް އަދި ހޯދިފައި ނުވާއިރު، ބައްޔާއެކު ދިިރިއުޅުމަށް "ނިއު ނޯމަލް" އަކަށް އެޖަސްޓް ވާންޖެހޭނެ ކަމަށް ސިއްހީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

އެގޮތުން އިޖުތިމާއީ ގައިދުރުކަން ޕްރެކްޓިސް ކުރުމާ ގިނަ މީހުން އެއްވެެ ނޫޅުން، މާސްކް ވޭނުން ކުރުން ފަދަ ކަންތައް ނިއު ނޯމަލްގެ ދަށުން ތަންފީޒު ކުރަންޖެހޭނެ ދުނިޔޭގެ އެކި ގައުމުތަކުން އެކުލަވާލާފައިވާ އުސޫލުތަކުގައި ވެއެވެ.