11 May 2020, 22:33
ރާއްޖެއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި އިތުރު މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.
މިރޭ އެންއީއޯސީގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މިއަދު އެކަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިއާއެކު ރާއްޖެއިން ބަލިން ރަނަގަޅުވި މީހުންގެ އަދަދު ވަނީ 31 އަށް އަރައިފައެވެ.
މިރޭގެެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 95 ކަމަށެވެ.
މިއަދު ރާއްޖެއިން 23 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ. ވިދާޅުވިއެވެ. މީގެ ތެރޭގައި ފަސް އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 285 ދިވެހިންނާއި 577 ބިދޭސިންނާއެކު ޖުމްލަ 862 މީހުންނެވެ. މީގެ ތެރެއިން 826 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން ބަލިޖެހިގެން މަރުވެފައިވަނީ ތިން މީހެކެވެ.