Last Updated:
6 year 7 month ago

ނިއު ނޯމަލްގައި އަމަލު ކުރާނެ އުސޫލުތައް ދަނީ ތައްޔާރު ކުރަމުން: މަބްރޫކް

    ބުލޮގު ޚުލާސާ

    ކޮވިޑް-19 އާ ގުޅޭގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    22:25

    ޕްރައިވެޓް ކްލިނިކް ތަކުގައި މަސައްކަތްކުރާ މެޑިކަލް މީހުން ގައުމީ މަސައްކަތަށް ނެރެން ދަނީ މަސައްކަތް ކުރަމުން

    22:16

    ނިއު ނޯމަލްގައި އަމަލު ކުރާނެ އުސޫލުތައް ދަނީ ތައްޔާރު ކުރަމުން

    22:10

    ޓްރީޓޮޕްގައި އެޑްމިޓްކޮށްފައިވާ ދެ މީހަކު މިހާރު ވެންޓިލޭޓަރުގައި އެބަތިބި. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ (ޑީއެޗް 11 ) ގައި ދެ މީހަކު ވެންޓިލޭޓަރުގައި އެބަތިބި.

    މިހާރު ވެންޓިލޭޓަރުގައި ތިބީ ޖުމްލަ 4 މީހުން

    22:08

    އަމާޒު ބޯޓު އާންމު ހާލަތަށް ގެނެސްފި

    22:06

    އަދިވެސް އާ ކްލާސްޓާސްތަކެއް އެބަފެނޭ. އާ ކްލަސްޓާސް ތަކަކީ ކުރީގެ ކްލަސްޓާސް ތަކަށްވުރެ ކުދި ކްލަސްޓާސްތަކެއް.

    ކުރީގެ ކްލަސްޓާސް ތަކުގައި ހިމެނޭ ކޭސްތައްވެސް ދަނީ ފެންނަމުން. ބާޒާރުމަތީ ކްލަސްޓާ އަށް ނިސްބަތްވާ ކޭސްތައް އަދިވެސް އެބަ ފެނޭ

    22:05

    ލޮކްޑައުންނާ ޚިލާފުވެގެން 104 މީހަކު މިއަދު ޖޫރިމަނާ ކޮށްފައިވޭ

    22:04

    މިވަގުތު އައިސޮލޭޝަންގައި ތިބީ 855 މީހުން، އަދި 1232 މީހުން ކަރަންޓީނުގައި އެބަތިބި

    21:59

    ކޮވިޑަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ރަނގަޅުވެއްޖެ. މިހާތަނަށް އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 31 މިވަނީ އަރާފަ