ރެޖިސްޓާޑް ނަރުހުންގެ ގޮތުގައި އައިޖީއެމްއެޗްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މީހުން ހޯދަން އެ ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ، ތިން މަސް ދުވަހަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ 35 ނަރުހުން ބޭނުންވާ ކަމަށެވެ.

ދަންފަޅި އުސޫލުން ހަފްތާއަކު ފަސް ދުވަހު ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، މުސާރައިގެ ގޮތުގައި 9،060 ރުފިޔާ އަދި ހަމަޖެހިފައިވާ އުސޫލުން ސާވިސް އެލަވަންސާއި އިތުރު ގަޑީގެ ފައިސާ ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.

މަގާމަށް ކުރިމަތިލާ މީހުންނަކީ ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހުންނަށް ވާން ޖެހޭނެއެވެ.

އެހެންކަމުން މަގާމަށް ކުރިމަަތިލާ މީހުން ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު މި މަހުގެ 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން[email protected]އަށް މެއިލްކުރަން ވަނީ އެދިފައެވެ.