11 May 2020, 12:22
ސިއްކިމް (މެއި 11): އިންޑިއާގެ ސިއްކިމްގައި އޮންނަ ޗައިނާއާ ގުޅޭ ބޯޑަރުގައި ދެ ގައުމުގެ ސިފައިން ތަޅާފޮޅާ، 11 ސިފައިންނަށް އަނިޔާވެއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
އިންޑިއާގެ ސިފައިންގެ މީހަކާ ހަވާލާދީ ދަ ހިންދޫގައިވާ ގޮތުން އެ ހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އަދި އެ ތަޅާފޮޅުމުގައި ދެ ގައުމުގެ ސިފައިންނަށްވެސް ކުދި އަނިޔާތައް ލިބުނު ކަމަށާއި ނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކޮމާންޑަރުން ވާހަކަދައްކައިގެން މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެ ނޫހުގައިވެ އެވެ. އެ ތަޅާފޮޅުން ހިނގަން މެދުވެރިވި ސަބަބެއް އަދި ރިޕޯޓުކޮށްފައި ނުވެ އެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ އިންޑިއާގެ ހަތަރު ސިފައިންނަށާއި ޗައިނާގެ ހަތް ސިފައިންނަށެވެ.
ސިއްކިމްގެ ބޯޑަރުގައި ޗައިނާ އާއި އިންޑިއާގެ އިމާ ބެހޭ ގޮތުން ދެބަސްވުންތައް އުފެއްދިފައިވާތީ އެ ސަރަހައްދުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ބައެއް ފަހަރު ތަޅާފޮޅުންތައް ހިނގާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް ފާއިތުވި 40 އަހަރު ތެރޭގައި އެ ބޯޑަރުގައި ބަޑީގެ ހަމަލާތައް ބަދަލުކޮށްފައި ނުވެ އެވެ.