ކޮވިޑް-19 ޖެހުނު އިތުރު މީހަކު އެ ބަލިން ރަނގަޅުވެއްޖެކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފި އެވެ.

މިރޭ އެ ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލީގައި ފަރުވާދެމުން ދިޔަ އިތުރު މީހަކު އެ ބަލިން ރަނގަޅުވެފައި ވާކަމަށާއި ރާއްޖޭގައި އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 30 އަށް އަރާފައިވާކަމަށެވެ. ބަލިން ރަނގަޅުވެފައިވަނީ ކޭސް 86 ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިއަދު މިހާތަނަށް 45 ކޭސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ކޮވިޑް-19 އަށް 277 ދިވެހިން އަދި 559 ބިދޭސީން ޕޮޒިޓިވްވެފައިވާކަމަށް އެންއީއޯސީގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

ބައްޔަށް ފަރުވާ ހޯދާ 801 މީހަކު މިވަގުތު ތިބިކަމަށް އެންއީއޯސީއިން ހާމަކޮށްފައިވާއިރު އައިސޮލޭޝަންގައި 756 މީހަކު ތިބިކަމަށްވެސް އެ ސެންޓަރުން ވަނީ ހާމަކޮށްފަ އެވެ.