11 May 2020, 09:36
ކޮވިޑް19ގެ ބަލިން ރަނގަޅުވެ، ޕްރޮޑިއުސަރު ކަރީމް މޯރާނީގެ އަންހެން ދަރިފުޅު ޒޮއީ މޮރާނީ ލޭ ހަދިޔާކޮށްފި އެވެ.
މުމްބާއީގެ ނައިރް ހޮސްޕިޓަލަށް ގޮސް އޭނާ ލޭ ހަދިޔާކުރިއިރު އޭނާ ބުނީ ލޭ ހަދިޔާ ކުރުމަކީ އޭނާއަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ. ޒޮއީ ބުނީ ކޮންމެ ޑޮނާއަކަށް ބޭނުންކުރީ އާ ކިޓްތަކެއް ކަމަށާއި ލޭ ހަދިޔާކުރުމުން އެ ހޮސްޕިޓަލުން އޭނާއަށް ހަދިޔާއެއް ވެސް ދިން ކަމަށެވެ. ލޭ ހަދިޔާކުރުމުން އެކަން ބަލައިގަނެ 500 ރުޕީސްގެ އިތުރުން އޭނާގެ ފޭވަރިޓް ބިސްކަޓް ވެސް ޒޮއީ އަށް ވަނީ ލިބިފަ އެވެ.
ޒޮއީ ބުނީ އެ ހޮސްޕިޓަލުން ލޭ ބޭނުންވެއްޖެ ނަމަ އޭނާއަށް ގުޅޭނެ އިންތިޒާމު ވެސް ހަމަޖައްސުމަށް ފަހު އެނބުރި ގެއަށް އައި ކަމަށެވެ.
ޒޮއީ ކުރިން ކޮވިޑަށް ޕޮޒިޓިވްވިއިރު އޭނާގެ އޭނާގެ ކޮއްކޮ ޝަޒާ މޮރާނީ އަދި ބައްޕަ ކަރީމް ވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ. ނަމަވެސް މިހާރު އެ ތިން މީހުން ވެސް ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.