Last Updated:
6 year 7 month ago

އިތުރު 5000 ޓެސްޓް ކިޓް މާދަމާ ރާއްޖެ އަންނާނެ

    ބުލޮގު ޚުލާސާ

    ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނިވްސް ކޮންފަރެސްގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    މުހައްމަދު މަބްރޫކް އަޒީޒް

    އިންޑިއާ ސަރުކާރުން ވާ ހިލޭގެ އެހީގެ ގޮތުގައި އިންޑިއާގެ ބޯޓެއް ރާއްޖެއަށް 12 މެއި ވާ ދުވަހު އައުމަށް މިހާރު ވަނީ ހަމަޖެހިފައި. ޖުމްލަ 580 ޓަނުގެ ތަކެތި މި ބޯޓުގައި ގެންނާނެ
    މުހައްމަދު މަބްރޫކް އަޒީޒް

    ބިދޭސީންގެ ކޮންޓެއިންމެންޓް ސައިޓުގެ ގޮތުގައި 28 ތަނެއް ފާހަގަކޮށްފައިވާ ކަމަށް މީގެކުރީން ވަނީ ބުނެފައި. މީގެއިތުރުން ފަސް ތަނެއް ވަނީ ކޮންޓެއިންމެންޓް ސައިޓުގެ ގޮތުގައި ފާހަގަވެފައި
    22:54

    ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ފޯރުކޮށްދޭ 5،000 ޓެސްޓު ކިޓެއް މާދަމާގެ ވަގުތެެއްގައި ރާއްޖެ އަންނާނެ

    22:54

    ސޯޝަލް ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް 97 މީހަކު ބޯހިޔާވަހިކަން ހޯދާފައިވޭ

    މުހައްމަދު މަބްރޫކް އަޒީޒް

    މާލޭގައި މި އައި ލޮކްޑައުންގެ ހާލަތާ ހެދި، ކުރު މުއްދަތަށް މާލެ ދަތުރުކޮށްފައިވާ މީހުންގެ ތެރެއިން އަނބުރާ ރަށަށް ދިޔުމަށް ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް މިހާތަނަށް 323 މީހަކު މި ވަނީ ގެންދެވިފައި. އެބޭފުޅުން އެތަންތަނުގައި 14 ދުވަސް ހަމަކޮށް ޓެސްޓު ހެދުމަށް ފަހުގައި އަނބުރާ ރަށަށް ވަޑައިގަންނަވާނެ
    22:48

    މިވަގުތު މޮނިޓަރިންގައި ހުރި ރަށް ރަށަކީ، ނ. މަނަދޫ، ހއ. ތަކަންދޫ، ށ. ނިލަންދޫ، ކ. ތުލުސްދޫ.

    އަދި އަމާޒު ބޯޓުވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި

    22:46

    މަނަވަރުގައި އިންޑިއާގެ 8 ނަރުހަކު ވަނީ އެ ގައުމަށް ފުރާފައި

    މުހައްމަދު މަބްރޫކް އަޒީޒް

    އައިސޮލޭޝަންގައި މިވަގުތު 756 މީހުން އެބަތިބި. އަދި 1،460 މީހުން ކަރަންޓީނުގައި މިވަތު އެބަތިބި. ކަރަންޓީން ފެސިލިޓީތަކުން 14 ދުވަސް ހަމަކޮށް ޓެސްޓު ހެދުމަށްފަހުގައި ދޫކޮށްލެވިފައިވާ މީހުންގެ އަދަދަކީ 67. އަދި އިތުރު 87 މީހުންގެ ސާމްޕަލް ވަނީ ނެގިފައި. 14 ދުވަސް ހަމަ ވުމާއެެކު އެމީހުންގެ ސާމްޕަލްތައް ނެގެޓިވް ވާ ބޭފުޅުން ދޫކޮށްލުމަށްޓަކައި
    މުހައްމަދު މަބްރޫކް އަޒީޒް

    ޖުމްލަ ޕޮޒިޓިވް ވެފައިވާ ދިވެހީންގެ އަދަދަކީ 276. އަދި ބިދޭސީން ޕޮޒިޓިވް ވެފައިވާ އަދަދަކީ 559. މިވަގުތު މި ބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ އަދަދަކީ 801. ޕޮޒިޓިވް ވެފައިވާ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުން 101 އިތުރު މީހުން ވަނީ ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަކުރެވިފައި. އަދި މިވަގުތު 296 ތަނެއް ހުރީ މޮނީޓަރިންގައި
    22:24

    ޑީއެޗް 11 ގައި މިވަގުތު 3 މީހަކު އެބަތިބި. އޭގެތެރެއިން ދެމީހުން ތިބީ ވެންޓިލޭޓަރުގައި.

    22:20

    މި މަހުގެ ތެރޭގައި 53 ވެންޓިލޭޓަރެއް ރާއްޖެ ގެނެވޭނެ

    22:18

    އެކަށީގެން ވަނީ އެކެއްގެ ފަރާތުން ރާއްޖެއަށް ވައިރަސް ފެތުރުމަށްވުރެ މަލްޓިޕްލް ކޭސެސްގެ ގޮތުގައި ވައިރަސް ފެތުރުން. އެކަމަކު ބެލެވެނީ އެއް ވަގުތެއްގައި އެ ވައިރަސް ފެތުރެއް ފެށި ކަމަށް

    22:15

    ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅުވެއްޖެ. ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 30 އަށް އަރާފައި

    22:13

    މިއަދު ފެނުނު ކޭސްތަކަށް ބަލާއިރު ފަސް އަހަރުން ދަށުގެ ކުއްޖެއް ޕޮޒިޓްވެފައި

    22:12

    އަދިވެސް އެންމެ ގިނަ މީހުން ހިމެނެނީ އޭއެމްއެޗް ކްލަސްޓާގައި

    22:12

    މިއަދު ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހުރީ ގާތްގަނޑަކަށް އެއް ވަރަކަށް

    22:12

    މިއަދު ފެނިފައިވަނީ ބާޒާރު މަތީ ކްލަސްޓާ އާއި ކޮކަކޯލާ ކްލަސްޓާ ހިމެނޭ މީހުންގެ އިތުރުން އިތުރު ތިން ކްލަސްޓާއެއް

    22:10

    މާލޭގައި ތޮއްޖެހިގެން ބިދޭސީން އުޅޭ އިތުރު ފަސް ތަނެއް ފެނިއްޖެ

    22:06

    މެޑްޓެކްގެ ފަރާތުން ގެނައުމަށް ހުރި ވެންޓިލޭޓަރުންގެ ތެރެއިން 18 ވެންޓިލޭޓަރު މިއަދު ރާއްޖެ އައިސްފި

    22:05

    ރަށަށް ދިޔުމަށްޓަކައި ޓްރާންސިޓު ކަރަންޓީނުގައި 300 އަށްވުރެ ގިނަ މީހުން އެބަތިބި

    22:02

    ށ. މާއުނގޫދޫ އާއި ކާވިޔާބޯޓް މޮނިޓަރިންގެ ހާލަތުން ނަގައިފި

    22:01

    199 ސާމްޕަލްގެ ނަތީޖާ ނުލިބި ލެބޯޓަރީގައި އެބަތިބި