11 May 2020, 08:25
މިދިޔަ މަސްދުވަސް ފާއިތުވީ އިރު، ސްލޮވީނިއާއިން ކޮރޯނާ ވައިރަސްގެ އާ ކޭހެއް ފެނިފައި ނުވާކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.
ފަސް މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސްލޮވީިނިއާއިން 1455 ކޭސް ފެނިފައިވާއިރު 26 މީހުން ބަލީގައި ވަނީ މަރުވެފަ އެވެ. މިއީ އެގައުމާ އިންވެގެން އޮންނަ ގައުމުތަކާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސްލޮވީނިއާގައި ވަނީ ޝޮޕިން މޯލްތަކާއި މިއުޒިއަމްތައް ހުޅުވައި ދީނީ އަޅުކަންތައް ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ. އަދި ބައެއް ކައިވެނީގެ ހަލްފާތަކަށްވެސް ވަނީ ހުއްދަ ދީފަ އެވެ.
އެހެންނަމަވެސް ސްކޫލްތައް އަދިވެސް އޮތީ ބަންދުކޮށްފަ އެެވެ. އަދި ބައިނަލްއަގުވާމީ ފްލައިޓްތައް ވަނީ ހުއްޓާލައިފަ އެވެ. އެގައުމަށް އެނބުރި އަންނަ ރައްޔިތުން މިހާރުވެސް 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެެހެ އެވެ.
ސްލޮވީނިއާއިން ކޮރޯނާގެ މައްޗަށް ކާމިޔާބު ހޯދައިފައިވާއިރު އެގައުމާ އިންވެގެން އޮންނަ ގައުމުތަކުގައި ކޮރޯނާ ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. އެގައުމުތަކުގައި ބަލި ކޮންޓްރޯލް ކުރެވުމުން ސްލޮވީނިއާގެ ބޯޑަރުތައް ހުޅުވާލާނެކަަމަށް ބޮޑުވަޒީރު އީގޯ މެޓޮވިކް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އިސްކަންދެނީ ސްލޮވޭކިއާގެ ރައްޔިތުންގެ ރައްކާތެރިކަަމަށް ކަަމަށް އޭނާ ވިދާޅުވިއެވެ.
ގައުމުން ބޭރުގައި ދިރިއުޅޭ ސްލޮވޭކިއާގެ މީހުން މިހާރުވެސް ދަނީ އެ ގައުމުގެ ބޯޑަރު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަަކަށް ލުޔެއް ދިނުމަށް ގޮވާލަމުންނެވެ. ސްލޮވޭކިއާގެ ގިނަ ބަޔަކު ޗެކް ރިޕަބްލިކްގައި ދިރިއުޅެއެެވެ. ކުރިން ޗެކް ރިޕަބްލިކްއާއި ސްލޮވޭކިއާއަކީ އެއްގައުމެެވެ. "ޗެކްސްލޮވޭކިއާ"ގެ ނަމުގައި ކުރިން އޮތް ގައުމު 1992 ވަނަ އަހަރު ވަނީ ރޫޅިފައެވެ. -- ރޮއިޓާސް