މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑަށް ދުވަހުން ދުވަހަށް ޓެސްޓްކުރެވޭ މިންވަރު 600އާ ހަމައަށް އިތުުރު ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑްއާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެ ޓެސްޓްތަކަކީ މެނުއަލްކޮށް ކުރާ ޓެސްޓްތަކަކަށް ވަތީ އެކަން ކުރެވޭނީ ވަކި ރޭންޖެއްގެ ތެރޭގައި ކަމަށެވެ. އަދި އެކަން ކުރެވޭނީ 600-650 އާ ދޭތެރޭގެ އަދަދަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑްއަށް ޓެސްޓްކުރުން އިތުކުރުމުގެ ގޮތުން މިމަހު 17 ވަނަ ދުވަހު އާ މެޝިނެއް ގެންނަން ނިންމާފައިވާ އިރު އެސްޓީއޯއާ ގުޅިގެން ވެސް އާ މެޝިނެއް ގަތުމަށްް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މަބްރޫކް ވިދާޅުވޫ އެ މެޝިންތައް ގަތުމުގެ މަސައްކަތް މިދޔަ މަސް ނިމުނު އިރު ފައްޓާފައިވާ ކަމަށެވެ.

"މިކަމުގައި އަދި އިތުރަށް މަސައްކަތްތަކެއް އެބަކުރެވޭ. އަދި އަޅުގަނޑު ހިއްސާކޮށްލަން ބޭނުންވޭ މިހާރު އޭގެ އިތުރުން ވެސް އަދި އިތުރު ޓެސްޓް ކުރުމަށް ޓަކައި އަދި މެޝިނެއް ގެނެވޭ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖީން އެކްސްޕާޓް މެޝިންގެ އިތުރުން އިތުރު މެޝިންތަކެއް ބެހެއްޓުމަށް ޓަކައި ވެސް އަދި ޕްރޮކިޔޯ ކުރެވޭތޯ އެބަދޭ. އެއީ މާގިނަ ލެބް ޓެކްނީޝަނުންނާއި ނުލައި އަޅުގަނޑުމެންގެ ފަސް ރީޖަންގައި ހަމަ ޓެސްޓްތައް ހެދޭނެ އިންތިޒާމްތައް ރޭވޭނެ." މަބްރޫކް ވިދާޅުވި އެެވެ.