10 May 2020, 08:35
ޔޫކްރެއިނުގައި ތިބި 35 ދިވެހިން ރާއްޖެ ގެނެސްފި އެވެ.
ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެ މީހުން ރާއްޖެ ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
"އިތުރުގައުުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ހާލުގައި ޖެހިފައިތިބި މީހުންގެ ހާލު ބަލާ އެމީހުންނަސް އެހީތެރިވުމުގެ މަަސައްކަތްވެސް މިވަގުތު ދަނީ ކުރަމުން،" މަބްރޫކް ވިދާޅުވި އެވެ.
ޔުކްރެއިންގައި ގިނަ އަދަދަކަށް ރާއްޖޭގެ ދަރިވަރުން ޑޮކްޓަރުކަން ކިޔަވަމުން ދެއެވެ.
ރާއްޖޭގައި ތާށިވެެފައިތިބި ބޭރުގެ ގައުމުތަކުގެ މީހުންވެސް އެމީހުންގެ ގައުމަށް ފޮނުވުުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތޮން މެލޭޝިއާގެ ރައްޔިތުންތަކެއް މޯލްޑިވިއަންގެ ފްލައިޓުގައި އެގައުމަށް ފޮނުވި އެވެ. އަދި އިންޑިއާާއިން ރާއްޖެ އައި މަނަވަރަކުން 698 މީހަކު އެގައުމަށްް ދާން މިހާރު ދަތުރު ފަށައިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
މީގެ ކުރިން މެލޭޝިއާ އަދި ސްރީލަންކާގައި ތިބި ދިވެހި ރައްޔިތުންވެސް ވަނީ ރާއްޖެ ގެނެސްފަ އެެވެ. އެ އެންމެންވެސް ފުރަތަމަ ގެންދަނީ 14 ދުވަހުގެ ކަރަންޓީނަށެވެ. އަދި ދޫކޮށްލަނީ ބަލި ނެތްކަން ޔަގީންކުރަން ޓެސްޓް ކުރުމަށް ފަހު އެވެ.