10 May 2020, 01:40
އައްޑޫ ސިޓީން ރޭ ދަންވަރު ހާލު ދެރަވެގެން މާލެ ގެނެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނު މީހާގެ ކޮވިޑަށް ނެގަޓިވް ވެއްޖެ އެވެ.
މިކަން ހާމަ ކުރެއްވީ އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައެވެ. އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވީ މީޙާ ކޮވިޑަށް ހެދި ދެވަނަ ޓެސްޓުން އޭނާ ނެގަޓިވްވެފައިވާ ކަން ޔަގީންވެފައިވާ ކަމަށެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖޭރު ސާދާތް ޝަރަފު މިއަދު "ސަން" އަށް ވިދާޅުވީ ހިތުގެ މައްސަލައެއް ހުންނަ އެ މީހާ ހޮސްޕިޓަލަށް ގެނައީ، އިއްޔެ ހެނދުނު 8:00 ގައި ކަމަށާއި އޭނާ ގައިން ކޮވިޑަށް ޝައްކު ކުރެވޭ އެއްވެސް ކަހަލަ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ. މަރަދޫފޭދޫއަށް ނިސްބަތްވާ އެ މީހާއަކީ، މާލެ އަތޮޅުގައި އޮންނަ އަންނަތާރާގެ ރިސޯޓެއްގައި މަސައްކަތް ކުރި މީހެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި އޭނާ އައްޑޫއަށް އައީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށް ވެސް ސާދާތު ވިދާޅުވި އެވެ.
އެކޭސްއާ ގުޅިގެން އައްޑޫ ސިޓީ ވަނީ ފުލް ލޮކްޑައުންއަކަށް ގެންގޮސްފަ އެވެ.
އެޗްޕީއޭ އިން މިރޭ އާންމު ކުރި މައުލޫމަތުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އަދަދަކީ، 765 އެވެެ. ނަމަވެސް އެއީ އައްޑޫ ކޭސްއާ އެކުކަމެއް ޔަގީންނެެއް ނޫނެެވެ. މިއަދު ވައިރަހުން އިތުރުނ ނުވަ މީހަކު ވައިރަހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ވައިރަހުން ރަނގަޅު ޖުމްލަ މީހުންގެ އަދަދަކީ، 29 އެވެ.