09 May 2020, 22:38
ކޮވިޑް 19 އަށް މިއަދު ރާއްޖެއިން ޕޮސިޓިވްވީ މީހުންގެ އަދަދު 39 އަކަށް އަރައިފި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮސިޓިވްވީ ޖުމްލަ މީހުންގެ އަދަދަކީ 39 އެއް ކަމަށެވެ. އެއީ މިއަދު މެންދުރާ ހަމައަށް ނަތީޖާ ލިބުނު 22 ކޭސްއަކާއި އޭގެ ފަހުން ޕޮސިޓިވްވީ 17 ކޭސްއެކެވެ.
އެއާއެކު ރާއްޖޭން ޕޮސިޓިވްވީ މީހުންގެ އަދަދު ވަނީ 785 އަށް އަރާފަ އެވެ.
ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ތެރެއިން މިހާތަނަށް 29 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ތިން މީހަކު ވަނީ މަރުވެފަ އެވެ.