09 May 2020, 22:24
ކޮވިޑް 19 އަށް ޕޮސިޓިވްވީ މީހުންގެ ތެރެއިން އިތުރު ނުވަތަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
އެންއޯއީސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ތެރެއިން މިހާރު ޖުމްލަ 29 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.
ނިމިދިޔަ ހަފްތާގައި އާންމު ކުރި ނަމްބަރުތަކަށް ބަލާއިރު ބަލިން ރަނގަޅުވެފައި ވަނީ 20 މީހެކެވެ.
"މި ބައްޔަށް ފަރުވާ ކުރެވި ނަތީޖާ ލިބިފައިވާ މީހުންގެ އަދަދުވެސް މިވަނީ 29 އަށް އަރާފައި. އަދި މިވަގުތު ބައްޔަށް ބޭސްކުވެމުންދާ މީހުންގެ އަދަދަކީ 650." މަބްރޫކް ވިދާޅުވި އެވެ.
މިހާރު ރާއްޖެއިން ކޮވިޑަށް ޕޮސިޓިވްވީ މީހުންގެ ޖުމްލަ އަަދަދަކީ 783 އެކެވެ.