މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ތަމަޅަ ފިލްމު "އޯ މައި ކަޑަވުލޭ" ގެ ހިންދީ ރީމޭކެއް ގެނެސްދިނުމަށް ނިންމައިފިއެވެ.

ޕްރޮޑިއުސަރު އަޝޯކް ސެލްވަން ބުނީ އެ ފިލްމުގެ ހިންދީ ރީމޭކެއް ސިނަމާތަކަށް ގެންނާނެ ކަމަށާއި މިހާރު އެ ފިލްމުގެ މަސައްކަތްތައް ވެސް ކުރަން ފަށައިފިކަމަށެވެ. ފިލްމުގެ ކާސްޓުން ހާމަކުރާނީ ކޮވިޑް19 ގެ ހާލަތުން ގައުމު އަރައިގަނެވުމުން ކަމަށާއި މި ފިލްމުގެ ހިންދީ ރީމޭކްވެސް ޑައިރެކްޓްކުރާނީ ތަމަޅަ ފިލްމުވެސް ޑައިރެކްޓްކުރި އަޝްވަތު މަރިމުތޫ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމަކީ ކުޑައިރުން ފަށައިގެން އުޅޭ ދެ ލޯބިވެރިންނަށް ދިމާވާ މަޖާ ކަންތައްތަކެއްގެ ވާހަކަ ގެނެސްދިން ފިލްމެކެވެ. "އޯ މައި ކަޑަވުލޭ"ގެ ތަމަޅަ ފިލްމު ގައި ލީޑް ރޯލު ކުޅުނު ތަރިންނަނީ އަޝޯކާއި ރިތިކާ ސިންގެވެ. މި ފިލްމުގެ ހިންދީ ރީމޭކެއް ހަދަން ތައްޔާރުވަމުން އަންނައިރު މި ފިލްމުގެ ތެލެގޫ ރީމޭކެއް ގެނެސްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.