އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ހެރީ ޕޮޓާ"ގެ އެކްޓަރު ރުޕާޓް ގްރިންޓް އަށް ކުއްޖަކު ލިބިއްޖެއެވެ.

ރުޕާޓް އާއި އޭނާގެ ލޯބިވެރިޔާ އެކްޓްރަސް ޖޯޖިއާ ގްރޫމް އަށް އަންހެން ކުއްޖެއް ލިބުނުއިރު މިއީ އެދެމީހުންގެ އަލަތު ދަރިފުޅެވެ. ލަންޑަންގައި ދެމީހުން އެކުގައި ފިހާރައިގައި ތިއްބާ އާންމުންނަށް ޖޯޖިއާ ބަނޑުބޮޑުކަން އެނގި ވަނީ އޭނާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އޭގެ ފަހުން މިދިޔަ މަހު ޖޯޖިއާ ބަނޑުބޮޑުކަން ވަނީ ހާމަކޮށްފައެވެ. ދަރިއަކު ލިބުމުން ދެތަރިން ވެސް ވަރަށް އުފާކުރާ ކަމަށާއި މިވަގުތު އެމީހުން ބޭނުންވަނީ އާއިލާ އާއެކު އެ އުފާ ހިއްސާކުރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ރުޕާޓް އާއި ޖޯޖިއާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2011 ވަނަ އަހަރުގައެވެ.