ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުއްސަނދުި ގައުމުތަކުން 4.7 ބިލިއަން ޑޮލަރު ދިނުމަށް އދ. އިން ގޮވާލައިފި އެވެ.

އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ޑިރެކްޓަރު ޑޭވި ބިއެސްލީ ވިދާޅުވީ މިއީ މުއްސަނދި ގައުމުތަކުން ދީލަތިކަން އިސްކުރަންވީ ވަގުތު ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދައިން މުއްސަނދި ގައުމުތަކުން އަމަލުކޮށްފި ނަމަ އެންމެނަށް ވެސް ފައިދާ ވާނެ ކަމަށާއި އެހެން ނޫން ނަމަ އެންމެނަށް ވެސް އޭގެ އަސަރުކުރާނެ ކަމަށެވެ.

އދ. އިން މިދިޔަ މާޗް މަހު ދެ ބިލިއަން ޑޮލަރުގެ ފަންޑް ހޯދުމަށް އެހީ އަށް އެދުނެވެ. އޭގެ ތެރެއިން އެއް ބިލިއަނެއްގާ ޑޮލަރު މިހާރު ވަނީ ލިބިފަ އެވެ.

އދ.ގެ އަންޑާ ސެކެޓްރީ ޖެނެރަލް ފޯ ހިއުމަނިޓޭރިއަން އެފެއާޒް، މާލް ލޯކޮކް ވިދާލުވީ ކޮރޯނާ ވައިރަސްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް ކަމަށެވެ.

އެހެންކަމުން މިހާރުން މިހާރަށް މަސައްކަތް ނުކޮށްފި ނަމަ ފުދޭވަރެއްގެ ގިނަ ބަޔަކަށް ބަނޑުހަިއ ހޫނުކަމާއި ފަގީރުކަން ތަހައްމަލުކުރަން ޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮރޯނާއިން އަރިއިގަތުމަށް ހުޅުވާލައިފައިވާ 6.7 ބިލިއަން ޑޮލަރުގެ ފަންޑު ރެއިޒް ހަރަކާތުން ޑިސެމްބަރާ ހަމައަށް އިންސާނީ އެހީތައް ދެވެނޭކަމަށް ވަނީ ބެލެވިފަ އެވެ.

އެ ފަންޑުން 20 ގައުމަކަށް އެހީ ދިނުމުގައި ވަރަށް ބޮޑަށް އިސްކަންދޭން ވަނީ ކަނޑައަޅައިފަ އެވެ. އޭގެެ ތެރޭގައި އަފްގާނިސްތާން، ޕާކިސްތާން، ލައިބީރިއާ، ބެނިން، ޕާކިސްތާން އަދި އެފްރިކާގެ ގިނަ ގައުމުތައް ހިމެނެ އެވެ.

އެ އެހީގެ ދަށުން މެެޑިކަލް ސާމާނާއި އަތް ދޮންނަން ބޭނުންކުރާ ތަކެތި ގަނެ ފުޑް ސެކިއިރުޓީ މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

ބީބީސީ