00:05 ބޮޑު މުޒާހަރާ ނިންމާލުމުން އެމްޑީޕީން ވެސް މާދަމާ ހަވީރު މުޒާހަރާއެއް ބާއްވާނެ ކަން އިއުލާންކޮށް ހަރުގެ އެއްވުން ނިންމާލައިފި. އެމްޑީޕީ އެކްޓިވިސްޓުންތަކެއް ކޮންޓްރޯލްުން ނެއްޓި އާޓިފިޝަލް ބީޗާ ދިމާއަށްދާ ކަމުގެ ހަބަރު އަދިވެސް ލިބޭ

23:59 މިރޭ ބޭއްވި މުޒާހަރާ ނިންމާލުމުން މަރާމީއާއި ތަންތަނުގައި ހުޅުޖެހުން ފަދަ ކަންތައްތައް ކުރަން އުޅޭ ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި އެފަދަ ކަމެއް ހިނގިޔަސް އޭގެ ޒިންމާ ނޫފުއްލަވާނެ ކަމަށް އަދާލަތުޕާޓީގެ ރައީސް ޝެއިޚު އިމުރާނު އަބުދުﷲ ވިދާޅުވެއްޖެއެވެ. މުޒާހަރާގައި ބައިވެރިވި އެއްވެސް މީހަކު ހަމަނުޖެހުމެއް ނުހިންގުމަށް އިމުރާނު ގޮވާލެއްވިއެވެ. އަދި ވިދާޅުވީ މިމުޒާހާރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި ވެފައިވާ އަހުދުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.


23:51 އަށް ގަޑި އިރަށް ފަހު ބޮޑު މުޒާހަރާ ނިންމާލާކަން އިއުލާންކޮށްފި. މުޒާހަރާ ނިންމާލަނީ ޝޭހު އިލިޔާސްގެ ދުއާއަކުން.

23:40 ފަސް ކަމެއް ވަގުތުން ސަރުކާރުން ކުރުމަށް ޝޭހު އިމްރާން ގޮވައިލެއްވި. އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ބުދުތައް ވަގުތުން ނައްތާލުމަށް. ޕިއްލޭގެ ވާހަކަ އަށް ރައީސް ނަޝީދު މައާފަށް އެދުމަށް ގޮވައިލެއްވި. މީހުން އުޅޭ ރަށް ރަށް ފަޅު ރަށްރަށް ހަދައިގެން ރާ ވިއްކުން ހުއްޓާލުމަށް ގޮވައިލި. ހަށި ވިއްކާ ތަންތަން ވީ އެންމެ އަވަހަކަށް ބަންދު ކުރުމަށް ގޮވާލެއްވި.

23: އެމްޑީޕީން ދައްކާ ބިރަށް ފަސް ނުޖެހޭ ކަމަށް އުމަރު ނަސީރު ވިދާޅުވި. އޭނާ ވިދާޅުވީ މިއީ އެމްޑީޕީގެ ފަހު ދުވަސްކޮޅު ކަމަށް.

23:37، 12 ޖަހާއިރަށް ބޮޑު މުޒާހަރާ ނުހުއްޓައިފި ނަމަ ބޮޑު މުޒާހަރާއާ ދިމާލަށް ދާނެ ކަމަށް ރީކޯ ވިދާޅުވި.

23:35 ބޮޑު މުޒާހަރާގެ ބައިވެރިން ކުރާ މުޒާހަރާ އެގޮތަށް ކުރިޔަށްގެންދިއުމަށް ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ރައީސް ޑރ. ޑީޑީ ވިދާޅުވެއްޖެ. މިރޭ 12:00 ޖަހާއިރު މުޒާހަރާ ނުހުއްޓައިފިނަމަ މުޒާހަރާއާ ދިމާ ކުރުމަށް ރީކޯ މޫސަގެ ފަހަތުގައި ނުކުތުމަށް ތައްޔާރުވާން އަންގައިފި

23:23 ބޮޑު މުޒާހަރާ ލައިވް ކުރާ މީޑިއާތައް ބަންދު ކުރުމަށް ރީކޯ ގޮވާލައިފި. އޭނާ ވިދާޅުވީ ދި ޓީވީ އާއި ވީ ޓީވީ ބަންދު ކުރުމަށް.

23:20 މުޒާހަރާ އެއްގަޑި އިރުގެ ތެރޭގައި ހުއްޓާލުމަށާއި އެމީހުން ހައްޔަރު ކުރުމަށް އެމްޑީޕީގެ ހަރުގެއިން ގޮވާލަމުން އެބަދޭ

23:16 އެމްޑީޕީން ސީދާ ހަރަކާތަށް ނުކުންނަނީ ކަމަށް އިއުލާންކޮށް، ޔާމީނާއި މާއުމޫނާއި ސައިހު އިލްޔާސާއި ގާސިމް ހައްޔަރު ކުރުމަށް އެމްޑީޕީގެ ހަރުގެއިން ގޮވާލަމުން އެބަދޭ.

23:12 މައުމޫނާއި ޔާމީންގެ އިސްތިއުފާއަށް ގޮވާލާ ލޯރިއެއް ހަރުގޭގައި ތައްޔާރީ ހާލަތަށް ގެނެސްފި. މުޅި ސަރަހައްދު ބްލޮކްވެއްޖެ

23:11އެމްޑީޕީ ޖަލްސާގައި ރީކޯ މޫސަ: މިހާރު ބޮޑު މުޒާހަރާ ކުރިޔަށް ގެންދަނީ ބަގާވާތެއްގެ ގޮތުގައި ކަމަށް ސިފަކޮށް މަގުމައްޗަށް ނުކުންނަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި. އެމްޑީޕީގެ ހުރިހާ މެންބަރުން ހަރުގެއަށް ދިއުމަށް އަޑުގަދަ ކުރާގައި ގޮވަނަ ފަށައިފި

11:08 އެމްޑީޕީގެ ނާއިބު ރައީސް އަލްހާން ފަހުމީ، ބޮޑު މުޒާހަރާ ހުއްޓުވުމަށް އެއް ގަޑި އިރުގެ މުހުލަތު ދީފި. އޭނާ ވިދާޅުވީ އެއްގަޑި އިރުގެ ތެރޭގައި ނުހުއްޓުވައިފި ނަމަ އެމްޑީޕީ މީހުން ނުކުންނާނެ ކަމަށް.

22:59 މިވަގުތު ވާހަކަފުޅު ދައްކަވަމުން ދަނީ ޝައިހު އިލްޔާސް

22:58 މުއްތޮލިބު: އިސްލާމީ ޝަރީއަތް ފުރިހަމަ ގޮތުގައި ގާއިމްކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބި ގޮތެއް އަންނަ އަހަރު ބައްލަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބުރާހިމް މުއްތޮލިބު ވިދާޅުވެއްޖެއެވެ.
" މިހާރު ރާއްޖޭގައި މިއިވޭ އަޑުތަކުން، ރާއްޖޭގައި އިސްލާމީ ޝަރީއަތް ފުރިހަމައަށް ގާއިމް ކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރިއަށް އޮތް އަހަރު އަޅުގަނޑު ބަލާނަން، " މުއްތޮލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އެކަމަށް ތާއީދުކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިހާރު ކުރިއަށްދާ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން މުއްތޮލިބު ވިދާޅުވީ އިސްލާމީ ޝަރީއަތް ފުރިހަމައަށް ގާއިމް ކުރެވޭ ގޮތަށް ޖިނާއީ އިޖުރާތުގެ ބިލާއި ގާނޫނުލް އުގޫބާތު ފާސްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އިސްލާމީ ޝަރީއަތް ގާއިމްކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބި ގޮތެއް ބައްލަވާނެ ކަމަށާއި އެފަދަ ގޮތަކަށް ގާނޫނުލް އުގޫބާތު ފާސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއްތޮލިބު ވިދާޅުވި އިރު މިހާރު ކުރާ މުޒާހަރާގައި އިސްކޮށް އުޅޭ ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިން ކުރިން ވިދާޅުވެފައި ވަނީ އިސްލާމީ ޝަރީއަތުގެ ހުކުމްތައް ތަންފީޒު ކުރާނީތޯ ނުކުރާނީތޯ މިއީ ބަހުސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.


22:49 ހަރުގޭގައި މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު. މޫސާ ވިދާޅުވަނީ ބޮޑު މުޒާހަރާ ކުރާ ބޮޑުން ހައްޔަރު ކުރުމަށް.

22:47 ކުރީގެ ރައީސް މައުމޫން ބަޔާނެއް އިއްވަމުން އެބަދޭ. މެސެޖް އިއްވަނީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް. މެސެޖްގައި ވިދާޅުވީ އިސްލާމް ދީނުގެ ހިދާޔަތް ގަބޫލުކޮށްގެން މިތިބީ ބަޔަކު މަޖުބޫރުކޮށްގެނެއް ނޫން ކަމަށާއި ރާއްޖޭގައި އިސްލާމް ދީން ފުރިހަމަ އަށް ހިމާޔަތް ކުރުމުގެ ހައްގު ދިވެހިންނަށް އެބައޮތް ކަމަށް. ސިޔާސީ މައިދާނުގައި މިހާރު އޮތް ހަމަނުޖެހުންތަކަކީ އެހެން ދީންތަކަށް ފުރުސަތު ދޭން މަސައްކަތް ކުރާތީ އޮތް ހަމަނުޖެހުންތަކެއް ކަމަށް ބަޔާނުގައި ވިދާޅުވި.

22:45 މިރޭ އެމްޑީޕީން ހަރުކަށި މުޒާހަރާއެއް ކުރާނެ ކަމަށް ބުނެފި. ހަރުގެއިން ދެންމެ ވަނީ އިންޒާރުދީފައި.

22:45 އަހުމަދު ނިހާން ވިދާޅުވީ އެމްއެންބީސީން އިޝްތިހާރު ނުގަތުމަށާއި މުޒާހަރާ ނިންމައި އެތަނުން ދާން ޖެހޭނީ ރައީސް ނަޝީދަށް މުހުލަތެއް ދީފައި ކަމަށް. ދީނާއި އިސްލާމީ ވަހުދަތާ ދެކޮޅަށް މަސައްކަތް ނުކުރުމަށް ސަރުކާރަށް އިންޒާރުކުރި.

22:35 އެމްޑީޕީ ހަރުގޭގައި ޖަލްސާއެއް ފަށައިފި. އެމްޑީޕީން މުޒާހަރާ އަދި ހުއްޓާ ނުލައި ކަމަށާއި އަދި ފެށުނީ ކަމަށް. ސަރުކާރުގެ ވެރިން އުޅުއްވާ ގޭގޭގައި ހުޅު ޖަހާނެ ކަމުގެ އިންޒާރު ބޮޑު މުޒާހަރާގެ ބައިވެރިން ދީފައިވާ ކަމަށް ބުނެފި.

22:24 އެއްގަޑިއިރުގެ ތެރޭގައި ބުދުތައް ނުނަގައިފިނަމަ މުޒާހާރާގެ މިސްރާބު ބަދަލު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު މަދަނީ އިއްތިހާދުގެ ރައީސް ދެއްވައިފި.

22:10 އުމަރު ނަސީރު ވާހަކަފުޅު ދައްކަވައިފި. ވިދާޅުވީ ވާހަކަފުޅު ދައްކަވަން ބޭނުން ފުޅު ވަނީ ހިނގައިގަންނަ މުޒާހަރާއެއްގައި ކަމަށާއި. މިހާރު ކޮމާންޑް ދިނަސް 10 މިނެޓްގެ ތެރޭގައި "ގޭޓާ" ހަމައަށް ވަޑައިގަންނަވާނެ ކަމަށް.

22:10 އިތުރު ޑިމާންޑްތައް އިއުލާން ކޮށްފި މިފަހަރު ބުނެފައި ވަނީ މާލޭގައި 33 މިސްކިތް ހުރިއިރު 60 އަށް ވުރެ ގިނަ ހަށި ވިއްކާ ތަންތަން ހުރި ކަމަށާއި އެތަން ތަން ބަންދު ކުރުމަށް އެތަންތަން ބަންދު ކުރުމަށް ހެދި ގަވައިދު ފާސްނުކޮށް އޮތީ ސަރުކާރުގެ އެންމެ މަތިން އަންގައިގެން ކަމަށާއި ދެން އެ މައިދާނަށް އެއްވާ ދުވަހަކުން މަޑު ނުތިބޭނެ ކަމަށް ވިދާޅުވި. އަދި ރާ އާންމު ކުރުން ފަޅުރަށްތައް ހެދުން ހުއްޓުމާލުމަށް ވެސް ވަނީ ގޮވާލާފައި. ބުނެފައި ވަނީ އެކަން ހުއްޓައި ނުލައިފިނަމަ ލޭ އޮރުނަސް މަޑުން ނުތިބޭނެ ކަމަށް.

22:01 ރާއްޖޭގެ އިސްލާމްދީންތޯ އޮންނާނީ ޣައިރު ދީންތަކަށް ޖާގަ ދޭނީތޯ ކުރެވޭ ބަހުސަކީ ބޭނުން ބަހުސެއް ނޫން ކަމަށާއި ދިވެހި ބަހުސަކީ އިގުތިސޯދީ ގޮތުން ރާއްޖެ ސަލާމަތް ކުރުމުގެ ބަހުސް ކަމަށާއި 2013 އަށް ރާއްޖޭގެ ހުރިހާ ކުންފުންޏެއް ބޭރަށް ވިއްކާލާނެ ކަމަށާއި ދިވެހިން މިއަދު ދީނުގެ ބަހުސް ކުރަން ޖެހިފައި ވަނީ ރާއްޖޭގެ ވަލިއްޔުލް އަމުރުގެ ސަބަބުން ކަމަށް ޑރ. ހަސަން ވިދާޅުވި. އަޅުގަނޑުމެންގެ ހާލަތު 2013 އަށް ބަދަލު ކުރަންޖެހޭ. ހުރިހާ އެންމެން ގުޅިގެން ހެޔޮ ބަދަލެއް ގެންނަން ޖެހޭ. ދިވެހިން ބޭނުން ވަނީ އިސްލާމް ދީން ހިމާޔަތް ކުރުމަށާއި ތިން އަހަރުވީ ސަރުކާރަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި.

21:56 ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވާހަކަފުޅު ދައްކަވަނީ.

21:50 ސަލީމް: ރައީސް ނަޝީދާއެކު ދުވަސްކޮޅަކު މަޑު ކޮށްލެއްވުމުން ރައީސްގެ ރޭވުން އެނގިވަޑައިގެންނެވި ކަމަށާއި ދިވެހިންނަކީ މޮޔަބައެއް ކަމަށާއި ވަރަށް ފަސޭހައިން އަނބުރާލައި ބޭނުން ގޮތެއް ހެދޭނެ ކަމަށް ވިދާޅުވި ކަމަށް ވިދާޅުވި.

21:50 ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް (ރެޑް ވޭވް) ވާހަކަފުޅު ދައްކަވަނީ. ވިދާޅުވީ ފަޅުރަށް ތައް އުފައްދަނީ ރާބޯން ވެގެން ކަމަށާއި މުލިއާގެއާ ރައީސް އޮފީހާ ދެމެދުވެސް ފަޅު ރަށަކަށް ހައްދަވަން އުޅުއްވާ ކަމަށް.

21:27 ޕީޕީއެމްގެ ކައުންސިލް މެންބަރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ތަގުރީރު ކުރައް ވަނީ. ފުޅިމެދު ފޮށިގަނޑުގައި ކުޑަކުދިން މާލެ ގެނައުމަކީ ސިއްހީ ދާއިރާ މިއަދު އޮތް ހާލަތު. ރާއްޖެ އިގްތިސާދީ ފުންވަޅުގަނޑަކަށް ވެއްޓިފައި އޮއްވައި ސަރުކާރުން ދަނީ ރައްޔިތުން ފެލަމުން. ރައްޔިތުން ރޮއިރޮއި ތިއްބާ އެއާޕޯޓް އޮތީ ޖީއެމްއާރަށް ވިއްކާލާފައި. ދިރާގާއި ޣިޔާސުއްދީން ސްކޫލް ވެސް ވަނީ ވިއްކާލައިފި މިއީ އެންމެ ރަނގަޅު ގޮތްތޯ.

http://sun.mv/albums/live_2913.jpg
21:26 އެއް ވެސް ބަޔަކު މުޒާހަރާގެ ތެރެއަށް ވަދެ ހަމަ ނުޖެހުމެއް ހިންގުމަށް ފުރުސަތު ނުދިނުމަށާއި އެފަދަ އިޝާރާތްތައް ލިބޭ ކަމަށް ބުނެފި.

21:09 ތިން ވަނަ ޑިމާންޑެއްގެ ގޮތުގައި އިޒްރޭލްގެ ފްލައިޓްތައް ރާއްޖެއައުން ހުއްޓުވައިލުމަށް ގޮވާލައިފި. އަދި އެކަން ނުހުއްޓުވައިފިނަމަ މުޒާހަރާގެ ނަސްރުގެ މައިދާނުގައި މިއަދު ހުވައި ކުރި މީހުން މަޑުން ނުތިބޭނެ ކަމުގެ އިންޒާރު ރައީސަށް ދެއްވައިފި.

21:04 ރައީސް ނަޝީދު މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބެ ގޮތަށް ދައްކަވާފައިވާ ވާހަކަފުޅުތަކާއި ބުދު ބެހެއްޓުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ އާއި ވީޑިއޯތައް ދައްކަން ފަށައިފި.

20:57 މެލޭޝިޔާގައި ހުންނަވައިގެން ފޯނު މެދުވެރިކޮށް ޝެއިހު އާދަމް ޝަމީމް ވާހަކަފުޅު ދައްކަވަނީ އޭނާ މި ސަރުކާރު ހޮވުމަށް މަސައްކަތް ކުރެވުނީތީ މާފަށް އެދިވަޑައިގަންނަވާ ކަމަށް.

http://sun.mv/albums/live_2921.jpg
20:43 މުޒާހަރާ ރޫޅައިލަން މަސައް ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިއުލާން ކޮށްފި. މުޒާހަރާ ރޫޅައިލަނީ ރައީސްގެ އެންގެވުމަކަށް ކަމަށާއި ފުލުހުން މުޒާހަރާ ރޫޅައިލުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ބުނި.

20:44 މުޒާހަޜާގެ ދެ ވަނަ ޑިމާންޑް ވެސް އިމްރާން އިއުލާން ކުރައްވައިފި. ވިދާޅުވީ ޕިއްލޭއަކީ ރައީސްގެ ގެންނެވި ބޭފުޅެއް ކަމަށައި އޭނާ ދީނަށް ގޮންޖައްސަވާ ވާހަފުޅު ދައްކާފައިވާތީ ރައީސް ނަޝީދު އެކަން ކުށްވެރި ކުރައްވާ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަތުމަށް.

20:40 އަލީ ޒާހިރުގެ ތަގުރީރު ނިންމާލައިފި. މުޒާހަރާގައި އިމްރާން ވިދާޅުވީ ސަރުކާރަށް ޑިމާންޑުތަކެއް ކުރައްވާނެ ކަމަށާއި ފުރަތަމަ ޑިމާންޑަކީ ބުދުތައް ނެގުން ކަމަށާއި އެކަންކަން ނުކޮށްފިނަމަ ކަންކަން ކުރާނެ ގޮތެއް މުޒާހަރާގައި ނިންމާނެ ކަމަށް

20:32 އައްޝައިހު އަލީ ޒާހިރު ދީނީ ދަރުސެއް ދެއްވަން ފައްޓަވައިފި. މުޅި ސަރަހައްދާއި ހެންވޭރު ޕާކް ވަނީ އެކީއެކަށް އަދިވެސް ފުރި ބާރުވެފައި. މަދަނީ އިއްތިހާދާއި އިދިކޮޅު ޕާޓީތަކުގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުން އަދިވެސް މުޒާހަރާގެ ތެރޭގައި އެބަތިއްބެވި.

20:26 މިހާރު ގާސިމް ވާހަކަފުޅު ދައްކަވަނީ: ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގެ ތިން ވަނަ ދުވަހު އެއާޕޯޓް ވިއްކާލަން ހުށަހެޅުއްވެވި ކަމަށާއި އެދުވަހު ، އެފަދަ ދުވަހަކު ކެބިނެޓްގައި ނުހުންނަވާނެ ކަމަށާއި މަގުމައްޗަށް ނުކުންނަވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް. އަދި ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި އިތުރު ފަސް ކުންފުންޏެއް ވިއްކާލަން ނިންމާފައިވާ ކަމަށް. ހުޅުމާލެ ޑިވެލެޕް މެންޓް ކޯޕަރޭޝަނާއި ސެޓެލްކޯ އާއި ޕޯޓްސް ލިމިޓެޑް ފަދަ ތަންތަން ވިއްކާ ތަންތަނުގެ ތެރޭގައި ހިމެނޭ ކަމަށް ގާސިމް ވިދާޅުވި

http://sun.mv/albums/live_2917.jpg
20:22 މަދަނީ އިއްތިހާދުގެ ނައިބު ރައީސް: އަޅުގަނޑުމެންގެ މުޒާހަރާ މިހާރު ވެސް ވަނީކާމިޔާބު ވެފައި. އަޅުގަނޑުމެން ބޭނުންވީ ރާއްޖޭގެ ކަންކޮޅުތަކުން އެއް ލައްކައަށްވުރެ ގިނަ މީހުން ބައިވެރިކުރަން. އަޅުގަނޑުމެން ޔަގީން ކޮށްދީފިން އެހެން ނޫންކަން، މެދުމިނަށް ތާއިދު ކުރި މީހުންގެ މުޒާހަރާއިން ސާބިތުވެއްޖެ އެމީހުންނަށް ފުރުސަތެއް ނެތްކަން. އޭނާ ވިދާޅުވީ އަދިވެސް ގިނަ ބަޔަކު މުޒާހަރާއަށް ނުކުތުމަށް ގޮވާލެއްވެވި.

20:20 މަދަނީ އިއްތިހާދުގެ ނައިބު ރައީސް: ވަރަށް ވަރަށް ވަރުގަދަ ކަންތައްތަކެއް މުޒާހަރާގައި ކުރިޔަށް އެބަހުރި. އަދި މުޒާހަރާގެ ބައިވެރިން ސަރުކާރަށް ޑިމާންޑް ކުރާ ކަންކަން ތަންކޮޅެއް ފަހުން ހާމަ ކުރާނެ. މި މުޒާހަރާ ނިންމާން އަދި ވިސްނާފައެއް ނެތް. މުޒާހަރާގެ ބައިވެރިން މައިދާނުގައި ތިބިހާ ހިނދަކު މުޒާހަރާ ކުރިޔަށް ގެންދާނެ،.

20:00 ޕީޕީއެމްގެ ކައުންސިލް މެންބަރު އަފްރާޝިމް އަލީ ވާހަކަދައްވަނީ. މިއީ ސަރުކާރު ވައްޓާލަން ކުރާ މުޒާހަރާއެއް ނޫން، ޒާތީ ހަސަދަ ފިލުވާލަން ކުރާ މުޒާހަރާއެއް ވެސް ނޫން. މި މުޒާހަރާ އަކީ ދީނާ ދެކޮޅު ކަންތައްތަކާ ހެދި ކުރާ މުޒާހަރާއެއް.

19:56 މިސަރުކާރުގެ ސިޔާސަަތުތަކަށް އިތުރު ފުރުސަތުތަކެއް ނުދިނުމަށާއި އަންނަ އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށް މަތީނު ވިދާޅުވި.

19:50 ގައުމީ ޕާޓީގެ ނައިބް ރައީސް އަބްދުލް މަތީނު ވާހަކަދައްކަވަނީ.

19:45 އިޝާނަމާދަށް ފަހު އަނެއްކާ ވެސް ބޮޑު މުޒާހަރާ ފަށައިގެން ކުރިއަށްދަނީ. މުޒާހަރާގެ ބައިވެރިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ވެސް ވަނީ ގޮވާލައިފައި.

19:31 އިޝާ ނަމާދު ކުރަން ފަށައިފި.

19:21 ޝަރީފުގެ ވާހަފުޅަށް ފަހު މިހާރު އިޝާ ނަމާދަށް ތައްޔާރުވަމުން އެބަދޭ. މިވަގުތު ވެސް ވަރަށް ގިނަ ބަޔަކު އެބަތިބި.

19:15 މަވޯޓާ ޝަރީފު ވާހަފުޅު ދައްކަވަނީ. މިރޭގެ ފަހަށް ރައީސް ނަޝީދު މެދު މިނުގެ ވާހަކައެއް ނުދައްކަވާނެ ކަމަށް ޝަރީފު ވިދާޅުވެއްޖެ.

19:12 ޕީޕީއެމްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ.

19:05 ބީއޭ ނަސީމް ފޯން މެދުވެރިކޮށް ތަގުރީރެއް ދެއްވައިފި.

18:55 އަދާލަތުގެ ނައިބު ރައީސް ޑރ. މައުރޫފު ވާހަފުޅު ދައްކަވަނީ. ވިދާޅުވީ މި މުޒާހަރާގެ ސަބަބުން ސަރުކާރަށާއި ރައީސް ނަޝީދަށް ބޮޑު މަންޒަރު ފެންނާނެ ކަމަށާއ ވެރި ރަށުގެ ބޮޑު އާބާދީ ސަރުކާރާ ދެކޮޅަށް އެއްވެފައިވާ ކަމަށާއި އެއީ ދިވެހި ރާއްޖޭގެ ބޮޑު މަންޒަރު ކަމަށް.

http://sun.mv/albums/live_2911.jpg
18:53 ޝައިހު ބީއޭ ނަސީމް ފޯން މެދުވެރިކޮށް ތަގުރެއް ކުރައްވާނެ ކަމަށް އިއުލާން ކޮށްފި.

18:48 ރައީސް ނަޝީދަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ނިންމަވާލައްވައިފި. ރައީސް ނަޝީދުި 2013 ގައި ގަދަ ބައްޔަކުން ބަލި ކުރާނެ ކަމަށް ވިދާޅުވި.

18:34 ޝައިހު ޝަހީމް ތަގުރީރު ކުރައްވަނީ

18:28 އިދިކޮޅު މުޒާހަރާގެ ބައިވެރިން މަޣުރިބު ނަމާދުކޮށް ނިންމާލައިފި. އަންހެނުންނާއި ފިރިހެނުން ނަމާދުކުރީ ވަކިން ވަރަށް ގިނަ އަދަދެއްގެ މީހުން ނަމާދުގައި ބައިވެރިވި. ނަމާދަށް ފަހު މިހާރު ދަރުސެއް ދިނުމަށްޓަކައި އެންމެން އިށީނުމަށް އިއުލާންކޮށްފި. ދަރުސް ދެއްވަނީ ޝައިހު އިލްޔާސް

http://sun.mv/albums/live_2914.jpg
18:14 އިމާމްވެ މަޣުރިބު ނާމާދު ކުރައްވަނީ އިލްޔާސް، މިހާރު ބައެއް މީހުން ސުންނަތް ނަމާދު ފަށައިފި.

18:03 ދުއާ ނިންމާލުމަށް ފަހު، މަޣުރިބު ނަމާދަށް ތައްޔާރުވަނީ. އިމާމް ހުންނަވަނީ ގޮނޑުދޮށާވީ ފަޅީގައި. ނަމާދަށް ފަހު ޝައިހު އިލްޔާސާއި އަލީ ޒާހިރުގެ ދަރުސެއް ކުރިޔަށްދާނެ ކަމަށް ވަނީ އިއުލާންކޮށްފައި. މިވަގުތުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފެނާއި ލޮނުން ވުލޫ ކުރަމުން ދަނީ.

18:00 މުޒާހަރާގެ ބައިވެރިން މަޣުރިބު ނަމާދުގެ ކުރިން ދުއާގައި. އިސްވެ ދުއާ ވިދާޅުވަނީ ޝައިހު އިލްޔާސް.

17:59 މުޒާހަރާ ނިންމާ ނުލާނެ ކަމަށައި ދިގުގެދެމިގެންދާ ގޮތަށް ކުރިޔަށް ގެންދާނެ ކަމަށް އިއުލާން ކޮށްފި. އަދި ފުލުހުން އެ މުޒާހަރާ އަށް ދާ މީހުންނަށް ހުރަސް ނާޅާ ކަމަށް އިއުލާންކޮށް ފުލުހުންނަށް ސާބަސް ރައްދުކޮށްފި.

http://sun.mv/albums/live_2893.jpg
17:56 މަޣުރިބު ނަމާދާ ބެހޭ ގޮތުން ޝައިހު އިލްޔާސް ވާހަކަފުޅު ދައްކަވަނީ. ވިދާޅުވީ ދުއާ ކުރުމަށާއި ހުކުރު ދުވަހުގެ އިރުއޮއްސޭ ވަގުތަކީ ދުއާ އިޖާބަ ކުރައްވާ ވަގުތެއް ކަމަށް. ލޮނުންނާއި ފެނުން ވުލޫ ކުރުމަށް އެދިވަޑައިގެންފި.

17:52 އިދިކޮޅު މުޒާހަރާއަށް ހުރަސް ނާޅާ ކަމަށް ފުލުހުން ބުނެފި.

17:52 ގާސިމް: ސިޔާސީ ކަމަކަށް މިކަން ވިޔަދީގެން ނުވާނެ. މީހުންނާ ދިމާ ކުރާ ކަމަކަށް މިކަން ވެގެން ނުވާނެ. ގާނޫނާއި ދީުގެ ހުދޫދުން ބޭރުވެގެން ނުވާނެ. މިކަން ހަދާން ކުރަން ޖެހޭނެ. އަޅުގަނޑުމެން މިތިބީ އިސްލާމް ދީން މަތިވެރި ކުރުމުގެ ރޫހުގައި. އެހެން ދީނަކަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ.

17:50 ގާސިމް: މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ނުގެނައުމަށާއި އެފަދަ ކަމެއް ގެނެސްފިނަމަ ފުރުސަތު ގެއްލޭނެ ކަމަށް ވިދާޅުވި. ބުދު ފައްޅި ނޭޅިގެން އަސަރުކުރާ މީހުން ތިއްބަސް އަޅުގަނޑުމެން ތިބެންޖެހޭނީ ކެތްތެރި ކަންމަތީގައި.

17:49 ގާސިމް: މުޒާހަރާ ކުރުމަކީ ލިބިފައިވާ ހައްގެއް. އިސްލާމްދީނަށް ވުރެ މަތިވެރި ދީނެއް ހުކުމެއް ނެތް. މެދުމިނެއް ކުޑަމިނެއް ނޯންނާނެ.

17:49 ގާސިމް އިބުރާހިމް ވާހަކަފުޅު ފައްޓަވައިފި

17:48 މުޒާހަރާގައި ބައިވެރިވާ މީހުންނަށް ސަލާމާތީ ބާރުތަކުން ހުރަސް އަޅަން ފަށައިފި ކަމަށް އިއުލާންކޮށްފި. އަދި އެކަން އެގޮތަށް ނުކުރުމަށް އިންޒާރު ދީފި

17:45 އިދިކޮޅު މުޒާހަރާގައި ހުވާ ކުރަނީ. ހުވާ ވިދާޅުވަނީ ޝައިހު މުހައްމަދު ޝަހީމް އަލީ ސައީދު.

17:43 އިދިކޮޅު މުޒާހަރާގައި އެއްލައްކައްކައަށް ވުރެ ގިނަ މީހުން ރާއްޖޭގެ އެކި ކޮންކޮޅުތަކުގައި ބައިވެރިވެފައިވާ ކަމަށް އިއުލާންކޮށްފި. ދީޓީވީ އާއި ވީޓީވީއަށް އިންޒާރު ދީފި ކަމަށް ބުނެފި.

17:43 ވައިކަރަދޫގައި ކުރި މުޒާހަރާ ހަމަ ނުޖެހުމަކަށް ބަދަލުވެ ހިނގި ތަޅާފޮލުމުގައި ގިނަ ބަޔަށް އަނިޔާވެ އެރަށު ސިއްޙީ މަރުކަޒުން ފަރުވާ ހޯދަމުންއެބަދޭ . ވަކަރަދޫ ސިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުﷲ ޝަރީފް ވިދާޅުވީ އަނިޔާވި ފަސް މީހަކަށް މިހާރު ފަރުވާ ދީފައިވާކަމަށާއި އަދިވެސް ގިނަ ބަޔަކު ފަރުވާ ހޯދަމުންއަންނަ ކަމުގަ. އަދި ގިނަ އަދެއްދެގެ މީހުން ސިއްޙީ މަރުކަޒު ދޮށަށް އެއްވެފައިވާ ކަމަށްވެސް ޝަރީފް މައުލޫމާތު ދެއްވި


17:40 ޔާމީން: ސަރުކާރުގެ ހުރިހާ މަސައްކަތެއް ބިނާކޮށްފައި ވަނީ އިސްލާމް ދީނާ ދެކޮޅަށް، އެމީހުންގެ އަމާޒަކީ ބުދުކޯލު ހަދައި ފައްޅި އެޅުން.

http://sun.mv/albums/live_2909.jpg
17:37 ވައިކަރަދޫ މުޒާހަރާގައި ތަޅާފޮޅުން ހިނގައި ނުވަ ވަރަކަށް މީހުންނަށް އަނިޔާވެސް ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފި ކަމަށް މައުލޫމާތު އެބަލިބޭ. ބައެއް އެހެން ރަށްރަށުގައި މުޒާހަރާ ކުރިޔަށްދާއިރު ބައެއް ރަށްރަށުން މުޒާހަރާ ނިންމާލައިފި. ބައެއް ރަށްރަށުގައި ބޭއްވީ ހިނގާލުމެއް.

17:35 ޔާމީން: އަރަބި އިސްލާމީ ތައުލީމަށް ރައީސާއި ސަރުކާރު އެއްވެސް ސަމާލު ކަމެއް ނުދޭ. ދޭކަށް ބޭނުމެއް ވެސް ނުވޭ.

17:29 އިދިކޮޅު މުޒާހަރާގައި މިހާރު ވާހަކަފުޅު ދައްކަވަނީ ޔާމީން

17:26 އިދިކޮޅު މުޒާހަރާއަށް އަދިވެސް ދަނީ މީހުން ގިނަވަމުން މިހާރު ގާސިމް އިބްރާހިމް ވެސް ވަޑައިގެންފި.

17:24 ހދ. ވައިކަރަދޫގައި މުޒާހަރާ ފަށައިގެން ގޮސް ދެ ބައި މީހުން ތަޅައިގެންފި ކަމުގެ މައުލޫމާތު ލިބެމުން އެބަދޭ.

17:23 އެމްޑީޕީން ލަވައާއެކު ބޮނޑިބަތް ކެއުން ކުރިޔަށް ގެންދަނީ. އިދިކޮޅުން ވަނީ ސުނާމީ ބިނާ ސަރަހައްދަށް "ނަސްރުގެ މައިދާން" ގެ ނަމުން ނަންދީފައި. މަޣުރިބު ނަމާދާއި އިޝާ ނަމާދު މިރޭ ކުރާނީ އެތަނުގައި ކަމަށް ވެސް ވަނީ ބުނެފައި.

17:19 ތަސްމީން ވިދާޅުވީ އިދިކޮޅުން މުޒާހަރާ ކުރަނީ އިސްލާމްދީނުގައި ޝަހީދުވި ބޭފުޅުންގެ ހައްގުގައި ކަމަށް.

http://sun.mv/albums/live_2902.jpg
17:18 ރައީސްގެ ސްޕީޗް ނިންމާލައިފި، ވިދާޅުވީ މުޒާހަރާއަށް ނުކުތް މީހުންގެ އަދަދުން ރާއްޖެ ތާއީދު ކުރަނީ މެދުމިނަށްކަން ސާބިތުވެއްޖެ ކަމަށް. އަދި އެމްޑީޕީގެ މުޒާހަރާ ސުލްހަވެރި ކަމާއެކު ނިންމާލީ ކަމަށް އިއުލާންކޮށްފި. މުޒާހަރާއިން ގޮވާލަނީ ސުލްހަވެރި ކަމާއެކު މުޒާހަރާ ނިންމާލީ ކަމަށް. މިވަގުތު އެންމެން ބޮނޑިބަތް ކަނީ.

17:15 އިދިކޮޅު މުޒާހަރާގައި ތަސްމީން ވާހަކަފުޅު ދައްކަވަން ފައްޓަވައިފި. އަދި މިރޭގެ މަޣުރިބު ނަމާދާއި އިޝާނާމާދު އެ ސަރަހައްދުގައި ކުރުމަށް ދެންމެ އިއުލާން ކޮށްފި.

17:14 ޝައިހު އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތައް ތިބީ ނަސްރުގެ މައިދުނުގައި ކަމަށް.

17:13 ދީނީ އަދަބުތައް ކަނޑައެޅުމުގައި އަމަލު ކުރަންވީ ގޮތް ސާފުވާން ޖެހޭ ކަމަށާއި އެމްޑީޕީ ފެށި މަސައްކަތްތައް ކަމަށް ރައީސް ވިދާުވި. ދީނާ ދުރު ކަމަށް ބުނަނީ އަންހެން ކުދިން ހިތާނުކުރުމާއި ނުވަ އަހަރުގެ އަންހެންކުދިން ކައިވެނިކުރުމާއި ޖާރިޔާ އިން ގެންގުޅުމަށް ތާއީދު ނުކުރާތީ ކަމަށް ރައީސް ވިދާޅުވެއްޖެ. އަދި ވިދާޅުވީ ކަންކަން އިސްލާހު ކުރެވޭނީ ގާނޫނުލް އުގޫބާތް އިސްލާހުކޮށްގެން ކަމަށް.

17:10 ގާނޫނޫލް އުގޫބާތް ފުރިހަމަ ކުރަންޖެހޭ. ރައްޔިތުން އެދޭ ގޮތް އޭގައި ލިޔަން ޖެހޭ ކަމަށް ރައީސް ވިދާޅުވި. އަދި އަޑު އައްސަވަންވީ ކޮން ދަންނަ ބޭކަލެއްގެ ވާހަކަތޯ ސުވާލު ކުރެއްވެވި.

17:05 މުޅި އިގްތިސޯދީޯ ނިޒާމު ވަނީ ބަދަލު ކުރެވިފައި ކަމަށް ރައީސް ވިދާޅުވެއްޖެ. އަދި ވިދާޅުވީ މިއީ ޖާހިލިއްޔަ ޒަމާނަށް ގޮސްގެން ހާސިލުވާނެ ކަންކަމެއް ނެތް ކަމަށް.

17:03 އިދިކޮޅު މުޒާހަރާގައި އިމްރާން ޖޯޝާއެކު ވާހަކަފުޅު ދައްކަވަނީ، ދިވެހި ރައްޔިތުން ތިބޭނީ އިސްލާމްދީނުގައި ކަމަށައި ލާދީނީ ފިކުރުތަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވި.

http://sun.mv/albums/live_2889.jpg
17:01 ރައީސްގެ ވާހަކަފުޅު އަދި ވެސް ކުރިޔަށް ދަނީ އެމަނިކުފާނުގެ ވާހަކަތައް ބިނާ ކުރައްވަނީ އިގްތިސޯދީ ވާހަކަތަކަށާއި ވައުދު ފުއްދުމުގެ ވާހަކަތަކުގެ މައްޗަށް.

16:58 އިދިކޮޅު މުޒާހަރާގައި މިހާރު ވާހަކަ ދައްކަނީ ޝައިހު އިމްރާން. ފުލުހުން ކުޑަކުދިންގެ ބަގީޗާ ބަންދުކޮށް ފުލުހުން އެތާނގެ ތެރޭގައި ގާއިމުވެއްޖެ. އެ ސަރަހައްދުގައި ވަނީ ސަލާމާތީ ބާރުތަކުގެ ވެހިކަލްތައް.

16:58 ރާއްޖޭގައި ފުއްދުންތެރި އިގިތިސޯދެއް ގާއިމުވެފައިވާ ކަމަށާއި ބޭރުގެ އިންވެސްޓަރުން ރާއްޖެ އައިސް ވިޔަފާރި ކުރެވޭނެ ގައުމަކަށް ވެއްޖެ ކަމަށް ރައީސް ވިދާޅުވި.

16:54 އިދިކޮޅު މުޒާހަރާއަށް ޑިއާރްޕީގެ ލީޑަރު ތަސްމީނާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޔާމީން ވެސް ވަޑައިގެންފި.

16:53 ރާއްޖޭގައި ގައުމިއްޔަތެއް ބިނާ ކުރުމާމެދު ސުވާލު އުފެދިފައިވާ ކަމަށާއި އެމްޑީޕީން މަސައްކަތް ކުރަނީ އެ ގައުމިއްޔަތު އަލުން ބިނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވެއްޖެ. ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނާނީ އިސްލާމް ދީން ކަމަށް. މިހާރު ވާރޭ ހުއްޓާލައިފި.

16:51 އިދިކޮޅު މުޒާހަރާގައި މިހާރު ވާހަކަ ދައްކަނީ ސަންދާން އަހަންމައިދީ.

16:47 ރައީސް ވާހަަކަފުޅު ދައްކަވަން ފަށައިފި. މިވަގުތު ވާރޭ ވެހެމުން އެބަދޭ.

16:35 އެމްޑީޕީގެ މުޒާހަރާގައި ރައީސް ވާހަކަފުޅު ދައްކަވަނީ ތަންކޮޅެއް ފަހުން،. އިދިކޮޅު މުޒާހަރާއަށް މިހާރު ވެސް މީހުން ޖަމާވަމުން ދަނީ. ދ. ކުޑަ ހުވަދޫއާއި އެހެން ބައެއް ރަށްރަށުގައި ވެސް މުޒާހަރާ ކުރަމުން އެބަދޭ.

16:35 ބޮޑު މުޒާހަރާއާ ދެކޮޅަށް އެމްޑީޕީން ނުކުތުމަށް ދެކޮޅު ހެދި ބައެއް ބޭފުޅުން ވެސް މުޒާހަރާއަށް ނުކުމެއްޖެ. މިހާރު އެމްޑީޕީގެ މުސްތޮފާވެސް ވަނީ މުޒާހަރާގައި ބައިވެރިވެފައި.

http://sun.mv/albums/live_2888.jpg
16:35 ބޮޑު މުޒާހަރާގައި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވާހަކަ ދައްކަވަނީ، އޭނާ ވިދާޅުވީ މަރުގެ އިންޒާރު މިއަދު ދީފައިވާ ކަމަށް.

16:31 އެމްޑީޕީ މުޒާހަރާއަށް ވެސް ވަރަށް ގިނަ ބަޔަކު އެއްވެއްޖެ، މުޒާހަރާއަށް ރައީސް ވަޑައިގެންފި. މުޅި ސަރަހައްދުގައި ވެސް ވަނީ ބޮނޑިބަތް ބަހައްޓާފައި

16:31 އަދިވެސް މީހުން ޖަމާވަމުން ދަނީ، ރަށުތެރޭގައި ބައެއް ހިސާބުތައް ވެސް ވަނީ ބަންދުކޮށްފައި. ވަރަށް ގިނަ ބަޔަކު ސައިކަލްތަކުގައި ނުކުމެ ދުއްވަމުންދަނީ.

16:25 އެމްޑީޕީ މުޒާހަރާގެ ތެރޭގައި 200 އާ ގާތް ކުރާ އަދަދަކަށް މީހުން ޖަމާވެ މުޒާހަރާ ފެށި ނަމަވެސް މިވަގުތު މަޑުކޮށްލައިގެން ތިބީ ރައީސް ވަޑައިގަންނަވަންދެން.

16:23 މުޒާހަރާ ރަސްމީކޮށް ފެށުމަށް ސުނީމާ ބިނާ ކައިރީގައި ގުރުއާން ކިޔަވަން ފަށައިފި.

16:19 ސުނާމީ ބިނާ ސަރައްދު މިހާރު ވަނީ މުޅިން ފުރިފައި. ސަލާމާތީ ބާރުތައް އޮތީ ތައްޔާރީ ހާލަތުގައި.

http://sun.mv/albums/live_2870.jpg

16:17 އެމްޑީޕީ މުޒާހަރާ ފަށައިގެން ކުރިޔަށްދަނީ. މުޒާހަރާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު އަދި އާޓިފިޝަލް ބީޗަށް ވަޑައެއް ނުގަންނަވާ.

16:11 އެމްޑީޕީ މުޒާހަރާއަށް ވެސް ގިނަ އަދަދެއްގެ މީހުން ޖަމާވެ ފަށަން ތައްޔާރުވެއްޖެ.

16:11 އިދިކޮޅު ބޮޑު މުޒާހަރާ ފެށިއްޖެ، އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް މިހާރު ޖަމާވެއްޖެ.

16:04 އަސުރު ނަމާދަށް ފަހު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ސުނާމީ ބިނާ ސަރަހައްދަށް މިހާރު ވެސް ޖަމާވެއްޖެ. ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް ޖަމާވެއްޖެ. އާޓިފިޝަލް ބީޗްގައި އެމްޑީޕީން ކުރާ މެދުމިނަށް ތާއީދު މުޒާހަރާއަށް ވެސް މީހުން ޖަމާވެ، ދިދަތައް އުފުލަން ފަށައިފި.

16:04 ޅ. ކުރެންދޫގައި ވެސް ދެ ބައި މީހުން މުޒާހަރާއަށް ޖަމާވެއްޖެ

15:52 މަގުތައް ބަންދުކުރަމުން ދިޔަ ނަމަވެސް ވަރަށް ގިނަ ބަޔަކު ސައިކަލްގައި ނުކުމެ އެބައުޅޭ

15:49 ބޮޑު ތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށާއި ސުނާމީ ބިނާ ކައިރިއަށް ދާން ހުރި ބައެއް މަަގުތަކާއި ގޯޅިތައް ސަލާމާތީ ބާރުތަކުން ބަންދުކޮށްފި.

15:44 ބޮޑު މުޒާހަރާގެ ދިއްދޫގެ ބައިވެރިންނަށް ރަށު ކައުންސިލުން ގައުމީ ދިދަ ދޫނުކޮށްގެން ވަަށަވަރުން ގައުމީ ދިދަ ބަލައި ހިނގައްޖެ.

15:36 ދ. ކުޑަ ހުވަދޫގައި މުޒާހަރާއަށް ތައްޔާރުވަމުންދަނިކޮށް އެ ރަށު ކައުންސިލް އިދާރާގެ ސައުންޑް ސިސްޓަމްތައް ހުރި އިމާރާތް ބަޔަކު ފަޅާލައި ގެއްލުންތައް ދީފައިވާ ކަމަށް ކުޑަހުވަދޫ ކައުންސިލުން ބުނެފި. ފުލުހުން ބުނީ އެކަން ބަލަމުން އަންނަ ކަމަށް.

15:33 ރާޅުގަނޑު ސަރަހައްދުގައި މިވަގުތު ވެސް ސަލާމާތީ ބާރުތައް ވަނީ ޖަމާވާން ފަށާފަ އެވެ.

އިސްލާމް ދީނުގެ ހިމާޔަތުގައި މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މާލެ އާއި އަތޮޅު ތެރޭގައާއި ބާއްވާ ބޮޑު މުޒާހަރާގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެ އެވެ. ބޮޑު މުޒާހަރާއަށް ސުނާމީ ބިނާ ސަރަހައްދު ރޭ ދަންވަރު ހޭލާތިބިގެން ވަނީ ތައްޔާރުކޮށްފަ އެވެ. ދީނީ ޝިއާރުތަކާއި ލާދީނީ އަމަލުތަކުން ރާއްޖެ ތާހިރު ކުރުމަށް ލިޔެފައިވާ ބެނާތައް ސުނާމީ ބިނާ ސަރަހައްދުގައި ބެނާތައް ވަނީ ދަމާފަ އެވެ.

http://sun.mv/albums/live_2868.jpg
ހަމައެއާކު ބޮޑު މުޒާހަރާއާ ދެކޮޅަށް އެމްޑީޕީން ބާއްވާ "މެދުމިނަށް ތާއީދު" އެއްވުމަށް ސަރުކާރު ހިންގާ އެމްޑީޕީން ދަނީ އާޓްފިޝަލް ބީޗު ސަރަހައްދު ތައްޔާރު ކުރުމުންނެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ މެދުމިނުގައި އިސްލާމް ދީން ކަމަށް ބުނާ ޝިޔާރުތަކާއި އެމްޑީޕީގެ ދިދަތައް އާޓިފިޝަލް ބީޗަށް ވެސް ވަނީ ޖަމާކޮށްފައެވެ. މެދުމިނަށް ތާއީދު ކުރާ މުޒާހަރާގެ އިސް ސަފަށް ނުކުންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ.

ދެ ބައި މީހުންގެ މުޒާހަރާ ވެސް ފަށަން އިއުލާން ކޮށްފައި ވަނީ ހަވީރު 4:00 ޖަހާއިރު އެވެ.

މިއަދުގެ މުޒާހަރާގައި ކުރިމަތިލުމަކަށް ނުދާނެ ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ. ގައުމީ ސަލާމަތުގެ ކޮމެޓީގައި މަދަނީ އިއްތިހާދާއި އެމްޑީޕީން ބުނެފައި ވަނީ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ.

ދެ ބައިމީހުންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފާނެތީ ސަލާމަތީ ބާރުތަކުން ވަނީ ތައްޔާރީ ހާލަތަކަށް އައިސްފަ އެވެ. ފުލުހުން ބުނީ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކާއި މިނިވަންކަމުގެ އިމުގެ ތެރޭގައި ސުލްހަވެރި މުޒާހަރާތަކަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި ސަލާމަތީ ޚިދުމަތް ދޭނެ ކަމަށެވެ. ނަމަވެސް ގާނޫނީ ހުދޫދުން ބޭރުން އަނިޔާވެރި އެއްވެސް އަމަލަކަށް ގޮވާލާ ނުވަތަ ހިތްވަރުދީ ހަމަނުޖެހުން އުފެދޭނެ އެއްވެސް އަމަލެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

http://sun.mv/albums/live_2875.jpg

ގައުމީ ސަލާމަތުގެ ކޮމެޓީގައި ގައުމީ ދިފާއީ ބާރުން ބުނެފައި ވަނީ މުޒާހަރާގައި ހަމަނުޖެހުން ހިނގައި ގައުމުގެ މަސްލަހަތު ގެއްލޭ ހިސާބަށް އެއްވުންތައް ހިގައްޖެނަމަ ފުލުހުންނާއި ސިފައިނަނަށް ގާނޫނީ އިމުގެ ތެރެއިން ލިބިދޭ ބާރުގެ ދަށުން މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ހަތިޔާރުގެ ބާރު ބޭނުން ކުރާނެ ކަމަށެވެ.