08 May 2020, 00:02
ކޮރޯނާވައިރަސް ކޮވިޑް-19 ޖެހިގެން އައިޖީއެމްއެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސްގެ، އައސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ދަރުމަވަންތަ އިމާރާތުގެ ޑީއެޗް-11 ގައި ގާއިމްކޮށްފައިވާ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައި މަރުވީ، ޕޭޝަންޓް 81 އެވެ.
އެއީ މިިދިޔަ މަހުގެ 21 ވަނަ ދުވަހު އެޑްމިޓްކުރި ދިވެހި ފިރިހެނެކެވެ. އޭނާގެ ހާލު ދެރަވެ، އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރު ގުޅީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ، އެމްއެޗްއެފް ކްލަސްޓާއަށް ނިސްބަތްވާ މީހެކެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން މީގެ ކުރިން މަރުވެފައި ވަނީ 83 އަހަރުގެ ދިވެހި އަންހެނަކާއި، ފިޓްޖެހިގެން ގެންދިޔަ ބަންގްލަދޭޝް ރައްޔިތެކެވެ.