ރާއްޖެއިން 77،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް19 ޖެހޭނެ ކަމަށް ލަފާކޮށްފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖެއިން 77،305 މީހުންނަށް ކޮވިޑް19 ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ހާލަތުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭނެ ކަމަށް ލަފާކުރެވޭ މީހުންގެ ޖުމުލަ އަދަދަކީ 13،568 މީހުން ކަމަށާއި އައިސީޔޫގައި 5805 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ ޕީކަށް އަރާއިރު ރާއްޖެއިން 77،305 މީހުންނަށް ކޮވިޑް19 ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ހާލަތުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭނެ ކަމަށް ލަފާކުރެވޭ މީހުންގެ ޖުމުލަ އަދަދަކީ 13،568 މީހުން ކަމަށާއި އައިސީޔޫގައި 5805 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

"މުޅި އެޕިޑެމިކްގައި މިހާރުގެ މި ލޮކްޑައުންގެ ހާލަތުން އަންނަ ޕްރޮޖެކްޝަނުން އެސްޓިމޭޓް ކުރެވެނީ 77،000 ވަރަކަށް މީހުންނަށް އިންފެކްޝަން ޖެހޭނެ ކަމަށް." ޑރ. ޝީނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޝީނާ ހިއްސާކުރެއްވި ނަންބަރުތަކުން ޓެސްޓު ކުރުމުގެ ގާބިލުކަން ދަށްކަން ފާހަގަކުރެވެ އެވެ.

އެގޮތުން މިހާރު ޕީކަށް އަރާނެ ކަމަށް ބެލެވޭ ދުވަހު (މެއި 31) 1562 ކޭސް ފެންނާނެ ކަމަށް ބެލެވުނަސް އަސްލު ދެނެގަނެވޭނީ 390 ކޭސް ކަމަށް ސްލައިޑުތަކުން ދައްކަ އެވެ.

"މިހާރުގެ ޓެސްޓިން ކެޕޭސިޓީ ނުވަތަ ސްޓްރެޓަޖީ ބަދަލު ނުވަންޏާ އަޅުގަނޑުމެންނަށް ގާތްގަނޑަކަށް އަސްލު ޑިޓެކްޓް ކުރެވޭނީ އެ ދުވަހު [ޕީކް ދުވަހު ]400. އެކަމަކު އެ ދުވަހު އަސްލު އިންފެކްޝަން އުޅޭނެ 1500 ވަރު." ޑރ. ޝީނާ ވިދާޅުވި އެވެ.