07 May 2020, 22:10
ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށިތާ މިހާރު މަހެއްހާ ދުވަސް ވާން މިވަނީ ކައިރިވެފަ އެވެ. ނަމަވެސް މި ވައިރަހާ ގުޅޭ ބައެއް މުހިންމު މައުލޫމާތު އެނގެންޖެހޭ މިންވަރަށް ގިނަ ބަޔަކަށް ނޭނގެ އެވެ. ސޯޝަލް މީޑިއާގައި ފެތުރޭ ޕޯސްޓުތަކުގައި ބުނާ ބައެއް ހަގީގަތާ ހިލާފު ވާހަކަ ގަބޫލުކުރާ ތަން ވެސް ފެނެ އެވެ.
މި އާޓިކަލްގައި މި ހިމަނާލަނީ ކޮވިޑް19އާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިން އެޑިއުކޭޝަން މެނޭޖަރު، ފާތިމަތު ފިލީޝިއާ ދެއްވާފައިވާ އިންޓަވިއުއަކާއި އެ އިންޓަވިއުގެ ހުލާސާއެކެވެ.
މި އިންޓަވިއުގައި މި ބައްޔާ ގުޅޭގޮތުން އާންމުންނަށް ގަބޫލުކުރެވިފައިވާ ބައެއް ތެދު ނޫން މައުލޫމާތުތައް ސާފުކޮށްދެއްވައި، އާންމުންގެ މެދުގައި ހުރި ބައެއް ސުވާލުތަކުގެ ޖަވާބު ފިލީޝިއާ ދެއްވަ އެވެ.
އެގޮތުން ބަލިން ރައްކާތެރިވުމަށް މާސްކު ފަދަ ތަކެތި ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި ބަލި ފެތުރެން މެދުވެރިވާ ބައެއް ކަންކަމުގެ ތަފްސީލު ފިލީޝިއާ ދެއްވަ އެވެ.
ކޮވިޑް19ގެ ފަރުވާއެއް ހޯދަން މުޅި ދުނިޔެއިން ވެސް މަސައްކަތް ކުރަމުންދާއިރު، މި ބަލީގެ ފަރުވާއަށް މިހާރު ބޭނުންކުރަމުންދާ ބައެއް ޓްރީޓްމަންޓްތަކާ ގުޅޭގޮތުން ސައްހަ ދިރާސާތަކުން ހޯދިފައިވާ ހޯދުންތަކުގެ މައުލޫމާތު ވެސް މި އިންޓަވިއުގައި ހިމެނެ އެވެ.
މި އިންޓަވިއުގެ މައިގަނޑު މަގްސަދަކީ ކޮވިޑް19އާ ގުޅޭގޮތުން މުޖުތަމައުގައި ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވައި، މި ބައްޔާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމެވެ.