08 May 2020, 16:00
ކޮރޮނާ ވައިރަސްއާއެކު އިޖުތިމާއީ ގައިދުރުވުމުގައި އެންމެންވެސް އުޅޭއިރު އެމެރިކާގެ އިންޑިއާނާގެ ޓީޗަރަކު ދަރިވަރުން ގައިގާ ބައްދާލަން ނުވަތަ ހަގްކޮށްލަން އާ ގޮތެއް ހިޔާރުކޮށްފި އެެވެ.
ދެވަނަ ގްރޭޑަށް ކިޔަވައިދެމުން އަންނަ ޝެލްބީ ޕަވެލްކާ ވަނީ 12 ޕްލާސްޓިކް ބޭނުންކޮށްގެން މުޅި ގައިގައި އޮޅާލެވޭ ހެދުމެއް ހަދައިފައެވެ.
ލޮކްޑައުންއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތް ނަމަވެސް ޝެލްބީގެ ދަރިވަރުން ވަނީ އޭނާގެ ގެއަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި އޭނާގެ 14 ދަރިވަރުން ހިމެނެއެވެ.
" އެ ކުދިންނާ ހަގްކޮށް ވަރަށް ގިނައިން ވާހަކަ ދައްކާ ހީ މަޖާކޮށް ހެދިން" ޝެލްބީ ސީއެންއެންއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.
ޝެލްބީ ބުނީ މިއީ ޓިކްޓޮކް ބަލައިގެން އައި ހިޔާލެއް ކަމަށެވެ. ބައެއް އާއިލާތަކުގެ މީހުން ލޮކްޑައުންގައި ތިބި ޕްލާސްޓިކް ފަދަތަކެތި "ބެރިއާ" އެއްގެ ގޮތުގައި ބޭނުންކޮށްގެން އެކަކު އަނެކަކާ ހަގްކޮށް ހަދައިފައިވެއެވެ.
ލޮކްޑައުންއާ ގުޅިގެން ޑިޕްރެޝަންއަށް ގޮސްހުރި އެއް ދަރިވަރަކަށް އެގޮތަށް ހަގްކުރުމުން އެމީހުންނަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަަމަށް ޝެލްބީ ވިދާޅުވިއެވެ.
" ވަރަށް ގިނަ ބެލެނިވެރިން އެބަހުރި ބުނެފައި ދަރިވަރުން މިގޮތަށް ހަގް ބޭނުންވާކަަމަށް" ޝެލްބީ ވިދާޅުވިއެވެ.
ކޮންމެ ކުއްޖަކާ ހަގް ކުރާ ކޮންމެ ފަހަރަކު އޭނާ ލައިގެން ހުރި ޕްލާސްޓިކް އެތި ޑިސްއިންފެކްޓްކުރާކަމަށް ޝެލްުބީ ވިދާޅުވިއެވެ. -- ސީއެންއެން