07 May 2020, 16:04
ކޮރޯނާވައިރަސް، ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމައިފި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ "ފްރޮންޓްލައިން އެލަވަންސް" ދޭނީ، ތިން ގިންތިއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ އެވެ.
މިނިސްޓަރު ވިދާޅުވީ މި އެލަވެންސް ނުލިބޭނެ މީހުންގެ ތެރޭގައި ނުހިމެނޭނެ ފަރާތްތަކަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކާއި ޑެޕިޔުޓީ މިނިސްޓަރުން ފެންވަރުން ފެށިގެން މަތީގެ މުސާރަލިބޭ ފަރާތްތަކުގެ އިތުރުން މި ހާލަތުގައި އިތުރު އެލަވެންސެއް ލިބޭ ފަރާތްތައް ކަމަށެވެ.
ދައުލަތުގެ މުސާރަތައް ކުޑަކުރަން ނިންމާފައިވާއިރު، މީގެ އަަސަރު އެޗްޕީއޭ އަދި ޑިޒާސްޓާ މެނޭޖުމެންޓުގެ މުވައްޒަފުންނަށް ނުކުރާނެެ ކަމަސްވެސް މިނިސްޓަރު ވިދާޅުވި އެވެ.