ވަތަނިއްޔާ އިން " ބްލެކްބެރީ ލައިޓް"ގެ ނަމުގައި ބްލެކްބެރީގެ އާ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

ވަތަނިއްޔާ އިން މިއަދު ބުނީ އެކުންފުނިން އަލަށް ތައާރަފްކުރި މިޕެކޭޖްގައި ކަނެކްޝަން ފީ އަދި ޑިޕޮސިޓް ދައްކަން ނުޖެހޭނެ ކަމަށާއި މިޕެކޭޖްގެ މަހު ފީ އަކީ 499ރ ކަމަށެވެ. އަދި މިޕެކޭޖްގައި ވެސް އަންލިމިޓެޑް މޯބައިލް އިންޓަނެޓް، ބްލެކްބެރީ މެސެންޖާ، ސޯޝަލް ނެޓްވާކިން އަދި އީމެއިލްގެ ހިދުމަތް ހިމެނޭނެ ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.

މީގެ އިތުރުން މިޕެކޭޖްގައި ހިލޭ ގުޅޭ އެއް ނަމްބަރާއި ހިލޭ 50 އެސްއެމްއެސް އަދި ލޯކަލް މިނެޓުގެ ގޮތުގައި 250 މިނެޓް ހިލޭ ލިބެ އެވެ.

ވަތަނިއްޔާ އިން ވަނީ މީގެކުރިން ވެސް ބްލެކްބެރީގެ ދެ ޕެކޭޖެއް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.