08 May 2020, 11:50
"ބައްޕާ. ބައްޕަގެ ގަސީދާއިން ބައިތެއް އަޅުގަނޑު ދަސްކޮށްފިން. އެއީ ޙުނައިން ހަނގުރާމައާ ބެހޭ ގޮތުން ހެއްދެވި ގަސީދާ." ޢަބްދުﷲ ބުންޏެވެ.
"އަސްލު ވެސް ތަ؟ ވަރަށް ރަނގަޅު ދަރިފުޅާ!" ކަޢުބު ބުންޏެވެ.
"އޭގައި ބައްޕަ ވަނީ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ފަޚުރުވެރިކަމުގެ ވާހަކަ ދައްކަވާފަ." ޢަބްދުﷲ ބުންޏެވެ.
"ދަރިފުޅާ ޢަބްދުﷲ ފުދިއްޖެ. ދަރިފުޅާ ފުދިއްޖެ." ކަޢުބުއަށް ރޮވިއްޖެއެވެ.
"ބައްޕާ! ބައްޕައަށް ރޮވެނީ ތޯ؟ ބައްޕަ ދެރަވާ ކަމެއް ކުރެވުނީ ތޯ؟" ޢަބްދުﷲ އެހިއެވެ.
"ދަރިފުޅުގެ ގަސްދަކާ ނުލައި ތި ކީ ގަސީދާގެ ސަބަބުން ބައްޕައަށް ރޮވުނީ." ކަޢުބު ބުންޏެވެ.
"އެއީ ބައްޕަ ހެދި ގަސީދާއެއް ނޫން ތޯ؟ ދެން ކީއްވެ ތޯ އެ ގަސީދާގެ އަޑު އަހައިފައި ބައްޕައަށް ރޮވޭން ވީ؟" ޢަބްދުﷲ ސުވާލު ކުރިއެވެ.
"ދަރިފުޅާ! ދަރިފުޅަކަށް ނުވިސްނޭނެ! ބައްޕަގެ މި އިހުސާސްތަކެއް ދަރިފުޅަކަށް ނޭނގޭނެ. ފަހުމެއް ނުވާނެ." ކަޢުބު ބުންޏެވެ.
"ފަހުމު ވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ބައްޕާ! އަޅުގަނޑަށް ކިޔައި ދީ ބަލަ!" އާދޭހުގެ ރާގެއްގައި ޢަބްދުﷲ ބުންޏެވެ.
"ދަރިފުޅާ! ބުނާން އޮތީ ކޮން އެއްޗެއް؟ ދަރިފުޅުމެންގެ ހިމާޔަތުގައި ނުކުންނާން ޖެހުމުން އެ ކަން ނުކުރެވުނު. މުސްލިމުންގެ ލަޝްކަރުގައި ތަބޫކަށް ނުދެވުނު. އެއްވެސް އުޒުރެއް އޮތުމަކާ ނުލައި. ބަގީޗާއާއި ބަގީޗާގެ މަތިވަރަށް އަހަންނަށް އިސްކަން ދެވުނީ. ދީނަށް ނަސްރު ދޭން ނުކުތުމަށް ވުރެ. ހުރި ހަލާކެއްގެ ބޮޑު ކަމާ!" ކަޢުބު ވާހަކަ ދައްކަމުން ދިޔައެވެ.
*****
"ﷲ އަކްބަރު! ﷲ އަކްބަރު!" މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ތަކްބީރުގެ ނަޣަރާގެ އަޑު އިވެމުން ދިޔައެވެ.
"ހަނގުރާމައަކާ ނުލައި ދުޝްމިނުން އަހަރެމެންގެ ކުރިމަތީގައި ފިނޑި ވެ، ބަލި ވެގެން ފިލާން ދިއުމަކީ ލިބުނު ބޮޑު ނަސްރެއް." އަބޫޤަތާދާގެ ގާތުގައި ހުރި މީހަކު ބުންޏެވެ.
"އެ އިލާހުގެ ނަސްރުން އަހަރެމެންނަށް އިއްޒަތްތެރިކަން ދެއްވި ގަދަކީރިތިވަންތަ ﷲ އަށް ޙަމްދާއި ޝުކުރު ކުރަން. ނަސްރަކީ ﷲ ދެއްވީމައި ނޫނީ ލިބޭ އެއްޗެއް ނޫން." އަބޫޤަތާދާ ބުންޏެވެ.
*****
ފަތިސް ނަމާދު ކޮށް ނިމިގެން ކަޢުބު އިނީ މުސައްލަ މަތީގައި ދުއާ ކުރާށެވެ.
"ހައްދަވައި ގެންގުޅުއްވާ އިލާހު! އިބަ އިލާހަށް ޝުކުރު ދެންނެވުމާއި އިބަ އިލާހުގެ ޒިކުރު ކުރުމާއި ހެޔޮ ގޮތުގައި އިބަ އިލާހަށް އިބާދާތު ކުރުމުގައި އަޅަމެންނަށް އެހީތެރި ވެ ވޮޑިގެންފާނދޭ! އަހަރެމެންގެ ފާފަ ފުއްސަވައި އަހަރެމެންނަށް ރަޙްމަތް ލައްވައިފާނދޭ!"
"ކަޢުބު! އަދިވެސް މުސައްލަ މަތީގައި ތަ؟" ކަޢުބުގެ އަންހެނުން އައިސް ކަޢުބަށް ގޮވާލާފައި ބުންޏެވެ.
"ޙައްޥާ! އަހަރެން ދާނީ ވެސް ކޮން ތާކަށް!" ކަޢުބު ބުންޏެވެ.
"ނަބީ ކަލޭގެފާނާއި މުސްލިމުންގެ ލަޝްކަރު ތަބޫކުން އެނބުރި އައި ކަން ނުދެނެހުރީމު ތަ؟" ހައްވަ ބުންޏެވެ.
"އާނ! ނުދެނެހުރިން. ތަބޫކުގެ ހަނގުރާމަ ނިމުނީ ތަ؟ ﷲ މުސްލިމުންނަށް ފަސޭހަކަމާ އެކު ނަސްރު ދެއްވީ ތަ؟" ކަޢުބު ބުންޏެވެ.
"އަލްޙަމްދު ލި ﷲ!" ހައްވަ ޙަމްދު ކުރިއެވެ.
"އާހ! އަލްޙަމްދު ލި ﷲ! ﷲ ގެ ރަސޫލާ އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގަތީ ތަ؟" ކަޢުބު އެހިއެވެ.
"އެކަލޭގެފާނު އެންމެ ފުރަތަމައަށް ވެސް ވަޑައިގަތީ މިސްކިތަށް. ޝުކުރުގެ ދެ ރަކުއަތް ކުރެއްވުމަށާއި މީސްތަކުންނާ ބައްްދަލު ކުރެއްވުމަށް. އޭގެ ތެރޭގައި މި ހަނގުރާމައަށް ނުގޮސް މަދީނާގައި މަޑުކޮށްގެން ތިބި މީހުން ވެސް ހިމެނޭ." ހައްވަ ބުންޏެވެ.
"އުޒުރެއް ނެތި އަދި ރަސޫލާގެ އިރުޝާދާ ޚިލާފަށް މަދީނާގައި މަޑު ކުރުމުގެ ސަބަބުން އޭގެ އަދަބު ލިބޭނެ. އެކަމަކު ވެސް ދާން ޖެހޭނެ." ކަޢުބު ބުންޏެވެ.
"ނަބިއްޔާގެ އަރިހުގަައި ކީކޭ ތަ ދަންނަވާނީ؟" ހައްވަ އެހިިއެވެ.
"އެކަލޭގެފާނާ ވާހަކަ ދައްކާންް ފަށާނީ ކިހިނެއް ކަމެއް އަހަރެންގެ ވިސްނުމަކަށް ނާދޭ! އަހަރެން ވަނީ މުސްލިމުން ދީނާއި ރައްޔިތުންގެ ދިފާއުގައި ނުކުތް ހަނގުރާމައަށް ފުރަގަސް ދީފައި. އަހަރެންގެ އެއްވެސް މަގުބޫލު އުޒުރެއް އޮވެގެންނެއް ނޫން. ފަހަރެއްގައި އަހަރެންގެ ޒަމީރު މަރަށް ބިރު ގަތީ ކަމަށް ވެސް ވެދާނެ. ނުވަތަ ދުނިޔޭގެ ދިރިއުޅުމުގެ ލޯބި މާ ގަދަ ވީ ކަމަށް ވެސް ވެދާނެ. ލަޝްކަރާ އެކު ނުނުކުމެ ލަސް ކުރަމުން ދިޔަ ދިއުމަކީ އޭގެ ސަބަބުން ވީ ކަމެއް ކަމަށް ވެސް ވެދާނެ. ޝައުގުވެރިކަން ހުރި ނަމަ ކުރީ ސަފުގައި އަހަރެން ހިމެނޭން ޖެހޭނެ. ދެން އަހަންނާ މެދު ގޮތެއް ނިންމަވާނީ ﷲ." ކަޢުބު ވާހަކަ ދައްކަމުން ދިޔައެވެ.
*****
"ތައުބާ ސޫރަތުގެ 38 ވަނަ އާޔަތުން ފެށިގެން ﷲ ވަނީ މި ކަމުގެ މައްޗަށް މުނާސިބު އާޔަތްތަކެއް ބާވައިލައްވާފަ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. އަދި އެ އާޔަތްތައް ވިދާޅުވަމުން އެ އާޔަތްތަކުގެ މާނަ ތުރުކީ ބަހުން ކިޔައިދެއްވާން ފެށްޓެވިއެވެ.
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه ގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެންހެއްޔެވެ؟ آخرة އަށްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީހެއްޔެވެ؟ ދުނިޔޭގެ އުފަލާއި، އަރާމަކީ آخرة އާ އަޅައިބަލާއިރު، މަދުއެތިކޮޅެއް ކަމުގައި ނޫނީ ނުވެތެވެ. (38) ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަނަމަ، ވޭންދެނިވި عذاب އަކުން އެކަލާނގެ ތިޔަބައިމީހުންނަށް عذاب ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެންބަޔަކު ގެންނަވައިފާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (39) ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަަ، حكيم ވަންތަ ރަސްކަލާނގެއެވެ. (40) ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ! އަދި ތިޔަބައިމީހުންގެ މުދާތަކާއި، نفس ތަކުން اللَّه ގެ މަގުގައި جهاد ކުރާށެވެ! ތިޔަބައިމީހުންނަށްޓަކައި، އެގޮތް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ. (41) ގާތުގައި އޮތް دنيوى މަންފާއެއް ކަމުގައި، ނުވަތަ ލުއިފަސޭހަ ދަތުރެއް ކަމުގައިވީނަމަ، އެއުރެން ކަލޭގެފާނުގެ ފަހަތްޕުޅުން ހިނގައްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، ދަތުރުކުރާންއޮތް މަގު، އެއުރެންނަށް ދުރުވީއެވެ. އަދި ތިމަންމެންނަށް ކުޅަދާނަވެގެންވީނަމަ، ތިޔަބައިމީހުންނާއެކު ނުކުތީމުހޭ ކިޔައި، އެއުރެން اللَّه ގަންދީ ހުވާކޮށް ހަދާނެތެވެ. އެއުރެން (އެކަމުން) އެއުރެންގެ އަމިއްލަ نفس ތައް ހަލާކުކުރެތެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން اللَّه ދެނެވޮޑިގެންވެތެވެ. (42) اللَّه، ކަލޭގެފާނަށް عفو ކުރައްވައިފިއެވެ. ތެދުބުނި މީހުން، ކަލޭގެފާނަށް ބަޔާންވެ ފާޅުވެ، ދޮގުވެރިން އެނގިވަޑައިގެންފުމަށްދާނދެން (ހަނގުރާމައަށް ނުގޮސްތިބުމަށް) އެއުރެންނަށް، ކަލޭގެފާނު إذن ދެއްވީ ކީއްވެގެންތޯއެވެ؟ (43) اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުން، އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރުމުން އެއްކިބާވެތިބުމަށް ކަލޭގެފާނުގެ އަރިހުން إذن އަކަށް ނޭދޭނެތެވެ. اللَّه އީ، تقوى ވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (44) (ހަނގުރާމައަށް ނުގޮސް ތިބުމަށް) ކަލޭގެފާނުގެ އަރިހުން إذن އަށް އެދެނީ، اللَّه އަށާއި، آخرة ދުވަހަށް إيمان ނުވާ މީހުންކަން ކަށަވަރެވެ. އަދި އެއުރެންގެ ހިތްތަކުގައި، شك ހިނގާ މީހުންނެވެ. ފަހެ، އެއުރެންގެ شك ކަމުގެ ތެރޭގައި، އެއުރެން ދެއަތަށް ކިރިކިރި ތިބެތެވެ. (45) އެއުރެން (ހަނގުރާމައަށް) ނުކުތުމަށް އެދޭނަމަ، އެކަމަށް ހަތިޔާރާއި، ތަކެތި އެއުރެން ތައްޔާރުކުރީހެވެ. އެހެނެއްކަމަކު (ކަލޭގެފާނުގެ އަރިހުގައި) އެއުރެން ނުކުތުމަށް، اللَّه ނުރުއްސަވައިފިއެވެ. ދެން އެއުރެންގެ ހިތްވަރު ދެރަކުރައްވައި، ކަންނެތް ކުރެއްވިއެވެ. އަދި (ހަނގުރާމައަށް ނުގޮސް) އިށީނދެ ތިބޭ މީހުންނާއެކު، ތިޔަބައިމީހުން ތިބޭށޭ އެންގެވިއެވެ. (46) އެއުރެން ތިޔަބައިމީހުންގެ ތެރޭގައި (ހަނގުރާމައަށް) ނުކުތްނަމަ، ފަސާދަވެރިކަން ނޫންކަމެއް ތިޔަބައިމީހުންނަށް އެއުރެން އިތުރެއް ނުކުޅައީހެވެ. އަދި ތިޔަބައިމީހުންނަށް ފިތުނަވެރިކަން އެދިގެން ތިޔަބައިމީހުންގެ ތެރޭގައި މަސައްކަތް ކުޅައުމަށް އަވަސްވެގަތީހެވެ. އެއުރެން ދައްކާ ވާހަކަ އަހާ މީހުންވެސް ތިޔަބައިމީހުންގެ ތެރޭގައިވެއެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (47) ކުރިންވެސް އެއުރެން ފިތުނަވެރިކަމަށް އެދިގެން އުޅުނުކަން ކަށަވަރެވެ. އަދި اللَّه ގެ أمر ފުޅު ފާޅުވެ، حق ބަސްފުޅު އަތުވެއްޖައުމަށްދާނދެން، އެއުރެން (އެކަމަށް) ނުރުހޭ حال ގައި، ކަލޭގެފާނަށް ކެހިދިނުމުގެ ކަންތައް އެއުރެން ރާވައި އުޅުނޫއެވެ. (48) އަދި (ހަނގުރާމައަށް ނުގޮސްހުރުމުގެ) إذن ތިމަންނާއަށް ދެއްވާށޭ، އަދި ތިމަން ފިތުނަވެރި ނުކުރައްވާށޭ ބުނާ މީހަކު، އެއުރެންގެ ތެރެއިން ވެތެވެ. ދަންނާށެވެ! އެއުރެން ވެއްޓިގެން އެދިޔައީ، ހަމަ، ފިތުނައިގެ ތެރެއަށެވެ. އަދި ހަމަކަށަވަރުން، ނަރަކަ ވަނީ، كافر ން ވަށާލައިފައެވެ. (49) ކަލޭގެފާނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަަ، އެކަން އެއުރެންނަށް ހިތާމައަކަށް ވެތެވެ. އަދި ކަލޭގެފާނަށް مصيبة އެއް މެދުވެރިވެއްޖެނަމަ، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން ކުރިއްސުރެން މިތިބީ، ރައްކާތެރިކަމުގައި ހިފައިގެންނެވެ. އަދި އުފަލުންތިބެ، އެއުރެން އެނބުރި ހިނގައިދާނެތެވެ. (50) ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި، اللَّه އަށް وكيل ކުރާހުށިކަމެވެ! (51) ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮދެގޮތުން އެއްގޮތްނޫނީ، އަހަރެމެންނާމެދު ތިޔަބައިމީހުން انتظار ކުރަމުހޭ؟ އަދި ތިމަންމެން ތިޔަބައިމީހުންނާމެދު انتظار ކޮށްކޮށް ތިބެނީ، އެކަލާނގެ حضرة ން، ނުވަތަ ތިމަންމެންގެ އަތްމަތިން، اللَّه ތިޔަބައިމީހުންނަށް عذاب އެއް ފޮނުއްވައިފާނެ ކަމަށެވެ. ފަހެ، ތިޔަބައިމީހުން انتظار ކޮށްކޮށް ތިބޭށެވެ! ހަމަކަށަވަރުން، ތިމަންމެންނީވެސް ތިޔަބައިމީހުންނާއެކު انتظار ކުރާ ބަޔަކީމުއެވެ. (52) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުހުމުގައި، ނުވަތަ ނުރުހުމުގައި ހޭދަކުރިޔަސް، ތިޔަބައިމީހުންގެ ކިބަޔަކުން އެކަން قبول އެއް ނުކުރައްވާ ހުށްޓެވެ. އެހެނީ ހަމަކަށަވަރުން، ތިޔަބައިމީހުންވީ، فاسق ބަޔަކު ކަމުގައެވެ. (53) އަދި ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެކަލާނގެ رسول އާއަށް كافر ވިކަމާއި، އެއުރެން ކަންނެތްބަޔަކު ކަމުގައި ތިބެގެން މެނުވީ، ނަމާދަށް ނާންނަކަމާއި، ނުރުހިތިބި ބަޔަކު ކަމުގައިވާ حال ގައި މެނުވީ، ހޭދަނުކުރާކަމާއި، މިކަންކަން ފިޔަވައި އެއުރެންގެ ހޭދަތައް އެއުރެންގެ ކިބައިން قبول ކުރެއްވުން މަނާކުރާކަމެއް ނެތެވެ. (54) އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، ދުނިޔޭގެ ދިރިއުޅުމުގައި، އެތަކެތިން އެއުރެންނަށް عذاب ދެއްވުމަށެވެ. އަދި އެއުރެން كافر ން ކަމުގައިވާ حال، އެއުރެންގެ ފުރާނަ ދިޔުމަށެވެ. (55) ހަމަކަށަވަރުން، އެއުރެންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމަށް، اللَّه ގަންދީ އެއުރެން ހުވާކުރާނެތެވެ. އެއުރެންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމުގައި ނުވެތެވެ. އެހެނެއްކަމަކު އެއުރެންނީ ބިރުގަންނަ ބަޔެކެވެ. (56) އެއުރެން ފިލަންދާނޭ ކިއްލާއެއް، ނުވަތަ ހޮހަޅަތަކެއް، ނުވަތަ ވަންނާނޭ އެހެންތަނެއްވެސް، އެއުރެންނަށް ފެންނާނޭނަމަ، އަވަސްވެގަނެގެން އެތަނަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. (57) صدقات ބެއްސެވުމާމެދު، ކަލޭގެފާނަށް ކުޑައިމީސްބަސް ބުނާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ފަހެ، އެއިން، އެއުރެންނަށް ދެއްވައިފިނަމަ، އެއުރެން ރުހެތެވެ. އެއިން އެއުރެންނަށް ނުދެއްވައިފިނަމަަ، އެހާރުން އެއުރެން ރުޅި އަރަތެވެ. (58) اللَّه އާއި، އެކަލާނގެ رسول އާ އެއުރެންނަށް ދެއްވި ތަކެއްޗަށް އެއުރެން ރުހި، އަދި އެއުރެން ބުނިނަމައެވެ. اللَّه، ތިމަންމެންނަށް ފުދެއެވެ. اللَّه އާއި، އެކަލާނގެ رسول އާ، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، اللَّه ގެ حضرة އަށް އެދިއެދި ތިބޭ ބަޔަކު ކަމުގައެވެ. (59) ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. (60) ނަބިއްޔާއަށް އުނދަގޫކުރާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނީ، ހަމައެކަނި އައްސަވާ ބޭކަލެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިޔަބައިމީހުންނަށްޓަކައި، ހެޔޮބަސް އައްސަވާ ނަބިއްޔެކެވެ. އެ ނަބިއްޔާ، اللَّه އަށް إيمان ވެ ވަޑައިގަނެތެވެ. އަދި مؤمن ންގެ ބަސް ތެދުކުރައްވަތެވެ. އަދި އެ ނަބިއްޔާއީ، ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނަށްވާ رحمة އެކެވެ. އަދި اللَّه ގެ رسول އާއަށް އުނގަދޫކުރާ މީހުންނަށް، ވޭންދެނިވި عذاب ހުށްޓެވެ. (61) އެއުރެން ތިޔަބައިމީހުން ރުއްސުމަށްޓަކައި، اللَّه ގަންދީ ތިޔަަބައިމީހުން ކައިރީގައި ހުވާކޮށް ހަދަތެވެ. އެއުރެންނީ، مؤمن ން ކަމުގައި ވާނަމަ، އެއުރެންނަށް حق ކަން ބޮޑީ، اللَّه އާއި، އެކަލާނގެ رسول އާ ރުއްސުމެވެ. (62) ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހާ، ފަހެ، އެތާނގައި ދެމިހުންނަ ގޮތުގައި، އެމީހާއަށް ނަރަކައިގެ އަލިފާން ހުރިކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ނިކަމެތިކަމަކީ އެއީއެވެ. (63) منافق ން އެއުރެންގެ ހިތްތަކުގައިވާގޮތުގެ خبر ތައް އަންގައިދޭ سورة އެއް، އެއުރެންނާމެދު ބާވައިލައްވައިފާނެތީ ބިރުގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ބިރުގަންނަ ކަންތައް، اللَّه ނެރުއްވައި ހާމަކުރައްވާ ހުށްޓެވެ. (64) ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ (65) ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ. (66) منافق ފިރިހެނުންނާއި، منافق އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެއުރެން ނުބައިކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، اللَّه ހަނދުމަނެތި ކުރޫއެވެ. ދެން اللَّه އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، منافق ންނަކީ، ހަމަ فاسق ންނެވެ. (67) منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، كافر ންނަށް اللَّه وعد ކުރައްވާފައިވަނީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން ދެމިތިބޭ حال ގައެވެ. އެ ނަރަކަ އެއުރެންނަށް ފުދިގެންވެއެވެ. އަދި اللَّه އެއުރެންނަށް لعنة ލެއްވިއެވެ. އަދި ދެމިހުންނަނިވި عذاب އެއުރެންނަށް ހުށްޓެވެ. (68) (ތިޔަބައިމީހުން) ތިޔަބައިމީހުންގެ ކުރީގެ މީހުން ފަދައެވެ. އެއުރެން ތިޔަބައިމީހުންނަށްވުރެ ބާރުގަދަ ބަޔަކު ކަމުގައި، އަދި މުދާތަކާއި، ދަރިންތައް ގިނަބަޔަކު ކަމުގައިވިއެވެ. ފަހެ (ދުނިޔެއިން) އެއުރެންގެ نصيب ން އެއުރެން އަރާމު ލިބިގަތެވެ. ފަހެ، ތިޔަބައިމީހުންވެސް ތިޔަބައިމީހުންގެ ކުރީގެ މީހުން އެއުރެންގެ نصيب ން އަރާމު ލިބިގަތްފަދައިން، ތިޔަބައިމީހުންގެ نصيب ން އަރާމު ލިބިގެންފީމުއެވެ. އަދި باطل ވާހަކަތައް އެއުރެން ދައްކަމުން ދިޔަފަދައިން، ތިޔަބައިމީހުންވެސް باطل ވާހަކަތައް ދައްކަމުން ދިޔައީމުއެވެ. އެއުރެންނީ، ދުނިޔެއާއި آخرة ގައި، އެއުރެންގެ عمل ތައް باطل ވެގެންވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ގެއްލެނިވެގެންވާ މީހުންނެވެ. (69) އެއުރެންގެ ކުރީގެ މީހުންގެ خبر، އެއުރެންނާ ހަމަޔަށް ނާންނަނީހެއްޔެވެ؟ (އެއީ) نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، إبراهيم ގެފާނުގެ قوم ގެމީހުންނާއި، مدين ގެ أهل ވެރިންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ أهل ވެރިންގެ خبر އެވެ. އެއުރެންގެ رسول ން އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިއެވެ. ފަހެ، اللَّه އެއުރެންނަށް އަނިޔާކުރައްވާ ކަލަކުކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރާ ކަމުގައި ވިއެވެ. (70) ޞަދަޤަ ﷲ އަލްޢަޡީމް!"
"ކާފާ! ﷲ ގެ ރަސޫލާއާ ބައްދަލު ކުރުމަށް ކަޢުބު ބްނު މާލިކު ދިޔަ ތޯ؟" އަމީރާ ޞަފާ ސުވާލު ކުރެއްވިއެވެ.
- ނުނިމޭ -