ކޮޮވިޑާ-19 އާ ގުޅިގެން އިންޑިއާއިން އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ބައެއް ތަކެތި ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އަނެއްކާވެސް ދީފި އެވެ.

ކޮވިޑްއަށް ފަރުވާ ދިނުމަށް ބޭނުންކުރާ މެލޭރިއާ ބޭސްވެސް އިންޑިއާއިން ވަނީ އެކްސްޕޯޓްކުުރުން މަނާކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެ ބޭސް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފަ އެވެ.

މިފަހަރު ރާއްޖެއަށް އެކްސްޕޯޓްކުރުން ހުއްދަ ދިން ތަކެތީގެ ތެރޭގައި ކޮވިޑަށް ފަރުވާ ދިނުމަށް "އާޖެންޓް" ކޮށް ބޭނުންވާ ޓެސްޓް ކިޓްތަކާއި، ރީޖެންޓްސް އަދި ވައިރަލް ޓްރާންސްޕޯޓް މީޑިއަމްތައް ހިމެނެ އެވެ.

އިންޑިއާއިން ދިން ވައިރަލް ޓްރާންސްޕޯޓް މީޑިއަމްތަކުގެ ތެރޭގައި 20،000 ޕީސް ހިމެނެ އެވެ. އޭގެ އިތުރުން އިންޑިއާއިން ވަނީ އެތަނޯލްގެ 5000 ފުޅިވެސް ރާއްޖެއަށް ދީފަ އެވެ.

ހުއްދަ ދިން ތަކެތި މިހަފްތާ ތެރޭގައި ރާއްޖެ ގެނައުމަށް ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން އިންޑިއާއިން ވަނީ ރާއްޖެއަށް ތިން މަހަށް ބޭނުންވާ ޒަރޫރީ ބޭސްތައްވެސް ފޯރުކޮށްދީފަ އެވެ.

އޭގެ އިތުރުން އެސްޓީއޯއިން، އިންޑިއާއިން ނުގެނެވިފައި ހުރި ބޭސް ޝިޕްމަންޓެއްވެސް އިންޑިއާއިން ވަނީ ރާއްޖެ ގެނެސްދީފަ އެވެ.